ހަބަރު
06 Jun 2024
ސައުދީ އަށް ޛުލްޙިއްޖާ މަހުގެ ހަނދު ފެނިއްޖެ - މިއަހަރުގެ އަޟްހާ ޢީދު ދުވަކީ ޖޫން 16!
1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ސަޢުދީ އަރަބިއްޔާ އަށް ފެނި، މާދަމާ އަކީ، އެ ގައުމަށް މި އަހަރުގެ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައުދީ ސަރުކާރުން ކަނޑައަޅާ އެކަން އިއުލާނު ކޮށްފި އެވެ.
06 Jun 2024
ޒުވާނުންގެ އެވޯޑަށް ނަންހުށަހަޅަން ފުރުސަތު ހުޅުވާލައިފި
ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޔޫތު މިނިސްޓްރީއިން ހާމަކުރެއްވި ގޮތުގައި، މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ޚާއްޞަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން ދާނެއެވެ.
06 Jun 2024
އަބްދުއްރަޙީމަށް މަޖިލީހުގެ ރައީސްކަން ލިބުމުމުން، މާދަމާ ރޭ ފޮނަދޫގައި ހަވާ އަރުވަނީ
ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތުމާ ގުޅިގެން އުފާފާޅު ކުރުމުގެ ގޮތުން މާދަމާ ރޭ ފޮނަދޫގައި ހަވާ އެރުވުމަށް ނިންމައިފިއެވެ.
06 Jun 2024
އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައި، ބުނެފައިވަނީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ހުޅުވާލާފައިވާކަމަށެވެ.
06 Jun 2024
ސްރީލަންކާގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކުން ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް މަޝްވަރާ ކުރައްވައިފި
މިއަދު ޚާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ވަނީ ސްރީލަންކާގެ މިނިސްޓަރ އޮސް ޕަބްލިކް ސެކިއުރިޓީ، ޓްރައަން އަލްސްއާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން ވަނީ، ސްރީލަންކާގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން، ދިވެހިންނަށް ދިމާވެފައިވާ އެކި ދަތިތަކާއި، އެ ކަންކަން ޙައްލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
06 Jun 2024
ކުށުގެ ރިކޯޑު ދުވަހުން ދުވަހަށް ލިބޭ ގޮތް ޕީޖީ އޮފީހުން ހަމަޖައްސައިފި
ޕީޖީ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް، ހެނދުނު ހުށަހަޅާ ފޯމްތައް އެ ދުވަހުގެ މެންދުރު 1:30 ގައި ލިބޭނެވެ. އަދި އެ ދުވަހެއްގެ މެންދުރު 12 ގެ ފަހުން ހުށަހަޅާ ފޯމްތައް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
06 Jun 2024
މީހުން ރަހީނުކޮށް ފޭރޭ މައްސަލައެއްގައި ދެމަފިރިއަކު ބަންދުކޮށްފި
މީހުން ރަހީނުކުރުމަށް ފަހު ބަރަހަނާކޮށް އޮރިޔާން ކާޑު އުފައްދައިގެން، ބިރު ދައްކައި ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި ދެމަފިރިއަކު ބަންދުކޮށްފިއެވެ.
06 Jun 2024
ދަސްވެނިކަމަކީ ހަމައެކަނި ސަނަދެއް ނޫން: ފަސްޓް ލޭޑީ
ދަސްވެނިކަމަކީ ހަމައެކަނި ސަނަދެއް ނޫންކަމަށާއި އެއީ އެކިކަންކަމުގައި ތިމާގެ ޤާބިލުކަން އިތުރުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.