15 Jul 2024
އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރަން، ހަބީބްގެ ނަން ފޮނުވައިފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަން އިއްވައިފިއެވެ.
15 Jul 2024
ވިލުފުށި އެއާޕޯޓް ހަވާލުކޮށްފަ އޮތީ، އާއްމު އަގަށްވުރެ ބޮޑުކޮށް
ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި، ވިލުފުށްޓާއި އިތުރު ދެ ރަށެއްގައި އެއާޕޯޓް އަޅަން ހަވާލުކޮށްފައި އޮތީ، އާއްމު ގޮތެއްގައި އެއާޕޯޓް އަޅާ އަގަށްވުރެ ބޮޑު އަގެއްގައި ކަމަށް އިމާރާތާ ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
15 Jul 2024
މަރުޙޫމް ހުސައިން ޝަރީފްގެ އާއިލާއަށް ރައީސް މުޢިއްޒުގެ ތަޢުޒިޔާ
މަރުޙޫމް ޙުސައިން ޝަރީފަކީ މިސްކިތް ބިނާކުރެއްވުމާއި ނިކަމެތިންނަށް އެހީތެރިވުން ފަދަ ކަންކަމުގައި އިޙްސާންތެރި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
14 Jul 2024
ރޮހިންޔާ ގަތުލުއާންމު މައްސަލައިގައި ތަދައްޚުލުވުމަށް ރާއްޖެއަށް ފުރުޞަތު ދީފި
މިއަދު ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އައި.ސީ.ޖޭ ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައަށް ތަދައްޚުލުވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ބަލައިގެންނެވުމަށް އައި.ސީ.ޖޭ. އިން ނިންމާފައިވާ ކަމަށެވެ.
14 Jul 2024
ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާ ސަފީރާއެކު މަޝްވަރާ ކުއްރައްވައިފި
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި،މިއަދު މެންދުރުފަހުގެ ވަގުތެއްގައި އިންޑިއާ ސަފީރު މުނޫ މަހާވަރު، ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
14 Jul 2024
ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އެދި އެމްޑީޕީން އަބްދުއްރަޙީމް ގެ އަރިހަށް
އެމްޑީޕީން ހާމަ ކުރެއްވި ގޮތުގައި އެ ޕާޓީން ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމާ ބައްދަލުކުރައްވާފައެވެ. އަދި ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވަނީ، މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށް، ވީހާވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
14 Jul 2024
ޒިފްލީނާ ބައްލަވައިގަތް ފްލެޓުގެ މައްސަލަ އޭސީސީއަށް
ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފްލެޓެއް ބައްލަވައިގަތް މައްސަލަ، ބަލައިދޭން ދިވެހި ފުލުހުންގެ ޚިދުމަތުން, އެންޓި ކޮރަޕްޝަން ކޮމިޝަން, އޭސީސީއަށް ހުށަހަޅައިފިއެވެ. ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން, ހާމަ ކުރެއްވި ގޮތުގައި، ޒިފްލީނާ ފްލެޓް ގަތް މައްސަލައިގައި ކޮރަޕްޝަން ހިމެނޭ ކަަމަށް މީހަކު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި އެހެންކަމުން, އެކަން އިތުރަށް ތަޙްޤީގު ކުރުމަށް ވަނީ އޭސީސީއަށް ފޮނުވާފައެވެ.
14 Jul 2024
މިހާތަނަށް 2013 ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓްކުރެވިފައި: ޝަމްއާން
ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަހަރު ޖުލައި މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ޖުމްލަ 2013 ބިދޭސީން ރާއްޖެއިން ފޮނުވާލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.