ހަބަރު
05 Jun 2024
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު ފަށައިފި
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު ފަށައިފިއެވެ. މި ޕްރޮގްރާމްގެ ދެވަނަ ބެޗު ފެށުމުގެ ގޮތުން މިއަދު ވަނީ ޝެރަޓޮން މޯލްޑިވްސް ފުލް މޫން ރިސޯޓު އެންޑް ސްޕާގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވިއެވެ.
05 Jun 2024
ވަޒީރު މޫސާ ޒަމީރު، ސްރީލަންކާގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވައިފި
ރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު، ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެގައުމުގެ ޚާރިޖީ ވަޒީރު، އެމް.ޔޫ.އެމް އަލީ ސަބްރީއާ ބައްދަލު ކުރައްވައިފި އެވެ.
05 Jun 2024
ދިޔަނެރު ފަރަށްއެރި ޓަގު ބޯޓު ޖޫރިމަނާކޮށްފި
މިދިޔަ އަހަރުގެ ތެރޭގައި ކ.ދިޔަނެރު ފަރަށްއެރި ޓަގު ބޯޓާއި ބާޖުގެ ވެރިފަރާތް 20 މިލިއަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
05 Jun 2024
ތޮއްޑޫ ދަނޑުވެރިން މުޒާހަރާ ކުރަނީ
އއ. ތޮއްޑޫ ކައުސިލުން، ފާސްނުކުރާ ލޭންޑް ޔޫސް ޕްލޭނަކަށް އަމަލުކުރަން މަސައްކަތްކުރާތީ ތޮއްޑޫ ދަނޑުވެރިން ކައުންސިލް އިދާރާ ކައިރި މުޒާހަރާ ކުރަން ފަށައިފިއެވެ.
05 Jun 2024
އިސްރަށްވެހިން އެމްއެންޑީއެފްގެ މަނަވަރަކަށް ޒިޔާރަތްކޮށްފި
އިސްރަށްވެހިން އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ހުރަވީއަށް ޒިޔާރަތްކޮށްފިއެވެ.
05 Jun 2024
އެޗްޑީސީ އިން އެޕްރެންޓިސްޝިޕް ފުރުސަތުތަކެއް ހުޅުވާލައިފި
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 7 ދާއިރާއަކުން ތަމްރީނުވުމަށް އެޕްރެންޓިސްޝިޕް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
05 Jun 2024
ފުރަތަމަ 5 މަސްތެރޭ ދައުލަތަށް 14.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް
ފުރަތަމަ 5 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް 14.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
05 Jun 2024
ފުލުހުންގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި
ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފިއެވެ.
05 Jun 2024
ޑްރަގް މައްސަލަ ހައްލުކުރެވޭނެ، މި ސަރުކާރުން މި މައްސަލަ ހައްލުކުރަން ބޭނުން: އިހްސާން
ޑްރަގުގެ މައްސަލަ ހައްލުކޮށް، އޭގެ ވިޔަފާރިކުރަން ހިތަށް އަރާ މީހާ، އެކަން ކުރުމުގެ ކުރިން ވިސްނާލާފައި ބިރުގަންނަން ޖެހޭވަރު ކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.
05 Jun 2024
ގާނޫނާ ފުށުއަރާ ހިނދުގައި އެއީ ވަޒީރެއްތޯ، މެންބަރެއްތޯ ބެލުމެއް ނޯންނާނެ
ދިވެހި ރައްޔިތުން، ފުލުހުންގެ ފަރާތުން އެދެނީ، އެމީހަކީ ވަކި ފަންތިއެއްގެ މީހެއްތޯ ބެލުމެއްނެތި ހަމަހަމަ ކަމާއިއެކު، ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާ، ގާނޫނާއި ފުށުއަރާ ހިނދުގައި އޭނާއަކީ ދައުލަތުގެ ވަޒީރެއްތޯ، އޭނާއަކީ މަޖިލިސް މެންބަރެއްތޯ ބަލައިގެން ނުވާނެ ކަމަށް، ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.