23 Jan 2025
ޖެނިން ސިޓީ އަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 10 މަރު
ފަލަސްޠީންގެ ޖެނިން ސިޓީއަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި 10 މީހުން ޝަހީދުވެއްޖެއެވެ.
22 Jan 2025
ޔަހޫދީން ފަލަސްތީނުގެ ޖެނިން އަށް އަރައިގެންފި!
ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައިވާ ޖެނިންއަށް ހަމަލާދީ 9 މީހުން ޝަހީދުކޮށްލައިފިއެވެ.
20 Jan 2025
ޣައްޒާ އަލުން އާރާސްތުކުރަން 21 އަހަރުގެ މުއްދަތެއް ނަގާނެ!
އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އެންމެފަހުން ހިންގި ޖަރީމާތައް ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހެވެ.
20 Jan 2025
ހަމާސުން ހައްޔަރުކުރި މީހުން ދޫކޮށްލީ ހަދިޔާ ކޮތަޅެއް ދިނުމަށްފަހު!
ހަމާސް އާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ހަމާސް އިން ހައްޔަރު ކުރި 3 އަންހެނުން ދޫކޮށްލިއިރު، އެމީހުން ދޫކޮށްލީ ކޮންމެ މީހަކަށް ހަދިޔާ ކޮތަޅެއް ދިނުމަށްފަހުކަން ހާމަވެއްޖެއެވެ.
20 Jan 2025
ޔަހޫދީ ފައުޖުން ރަހީނުކުރި ޣައްޒާގެ 90 ރައްޔިތުން ދޫކޮށްލައިފި
ފާއިތުވި 15 މަސްދުވަހު މެދު ކެނޑުމެއްނެތި ޣައްޒާގައި ހިންގަމުންދިޔަ ގަތުލުއާއްމު ހުއްޓާލުމަށް އެއްބަސްވުމަށްފަހު، އެއަށް އަމަލުކުރަން ފެށި ފުރަތަމަ ދުވަހު ޔަހޫދީ ފައުޖުން ރަހީނު ކުރި ޣައްޒާގެ 90 ރައްޔިތުން މިނިވަން ކޮށްފިއެވެ.
20 Jan 2025
ޤަތުލު ޢާއްމު މެދުކަނޑާލުމުގެ ކުރިން އާއިލާއެއްގެ ތިން މީހުން ޝަހީދު ކޮށްލައިފި!
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލް ޢާއްމު މެދުކަނޑާލުމަށް ވެވުނު އެއްބަސްވުން ތަންފީޒުކުރާ ގަޑި ލަސްވިކަން ނޭނގި، އެނބުރި ގެއަށް ދިޔަ އާއިލާއެއްގެ ތިން މީހުން އިސްރާއީލުގެ ހަމަލާއަކުން ޝަހީދުވެއްޖެއެވެ.
19 Jan 2025
ޣައްޒާއަށް ހަމަލާދީފާނެކަމުގެ އިންޒާރު ނަތަންޔާހޫ ދީފި
ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމަށް އެއްބަސްވުމަށްފަހުވެސް ޣައްޒާއަށް އަލުން ހަމަލާދީފާނެކަމުގެ އިންޒާރު، އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފިއެވެ.
18 Jan 2025
ޣައްޒާ ގަތުލުއާއްމު ހުއްޓާލުމުގެ އެއްބަސްވުން ފާސްކޮށްފި
ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުގެ ސަލާމަތީ ކަންކަމާއި ބެހޭ ކެބިނެޓުން، ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓޫލުމުގެ އެއްބަސްވުން ފާސްކޮށްފިއެވެ.