ޕީޖީ
14 Aug 2023
ޔާމީންގެ ޖޫރިމަނާ ފައިސާ ފަސްކުރި އަމުރު އިސްތިއުނާފް ނުކުރި!
ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރިޝްވަރު ހިފުމާއި މަނީ ލޯންޑްރިނގްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޛްކުރުން ފަސްކުރުން ފަސްކުރުމަށް ހައިކޯޓުން ކުރި އަމުރު އިސްތިއުނާފް ނުކުރަން ދައުލަތުން ނިންމައިފި އެވެ.
12 Jul 2023
ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަނީ
2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރސީ މެދުވެރިކޮށް ރ. ފުއްގިރި ޓޫރިޒަމް ބޭނުމަށް ދޫކުރުމުގެ މުޢާމަލާތުގައި ރިޝްވަތު ހިފައި މަނީ ލޯންޑަރކުރި މައްސަލައިގައި, މއ.ކުރިކީލަހހިޔާ, އަޙްމަދު ކުރިކް ރިޟާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަން ޕީޖީން ނިންމައިފި އެވެ.
23 Jun 2023
"ފުއްގިރި މައްސަލައިގެ ތާވަލް ހެދީ ދިފާއީ ވަކީލުންނާ މަޝްވަރާނުކޮށް"
ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ ޖުލައި ފުރަތަމަ ހަފްތާ އާ ދެވަނަ ހަފްތާއަށް ހަފްތާއަކު 3 ދުވަހު އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައިވަނީ ދިފާއީ ވަކީލުންނާ މަޝްވަރާ ނުކޮށް ކަމަށް އެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ދިފާއީ ވަކީލު، އަބްދުالله ޝިޔާޒް ވިދާޅުވެއްޖެއެވެ.
22 Jun 2023
ދުވާފަރު ކައުންސިލްގެ ޚިޔާނާތް: ދައުވާ ނުކުރަން ނިންމައިފި!
ރ. ދުވާފަރު ކައުންސިލުގެ ޚިޔާނާތުގަައި ބައިވެރިވިކަމަށް ތުހުމަތުވާ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، މުވައްޒަފުންނަށް ދައުވާ ނުކުރާން ޕީޖީ އޮފީހުން ނިންމައިފިއެވެ.
19 Jun 2023
ޕީޖީ މުވައްޒަފުން ތަޖުރިބާއަށް ހަތަރުދުވަހު އޮފީހަށް
ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ތަޖުރިބާއަކަށް ހަތަރު ދުވަހު އޮފީހަށް ނުކުންނަން ނިންމައިފިއެވެ.
16 Jun 2023
އަލީގެ މައްސަލަ އަނބުރާ ގެންދިޔުމުން އެމްއާރުއެމްގެ ކަންބޮޑުވުން
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދަށް ކުރި ދައުވާތައް އަނބުރާ ގެންދިޔުމަކީ އެފަދަ ޢަމަލުތައް ކުރާ މީހުންނަށް ދެވޭ ހިތްވަރެއް ކަމަށް އެމްއާރްއެމް އިން ބުނެފި އެވެ.
14 Jun 2023
އަލީ ވަހީދުގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ކުށުގެ ދައުވާތައް ސާބިތުކުރަން ބޭނުންވާ ހެކި ލިބޭނެ ގޮތެއް ނެތް ކަމަށް ބަލައި އެ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.
08 Jun 2023
"ދައުލަތުގެ ވަކީލުންނާ ރައީސް ޔާމީން ދިމައެއް ނުކުރޭ"
‏ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް މެދު ކަނޑާލި ވަގުތު، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް، ދައުލަތުގެ ވަކީލުންނާ ކޮށްލެއްވީ ސަމާސާއެއް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.