ޕީޖީ
09 Oct 2022
އައްޑޫ މީހަކު މަރާލި މައްސަލާގައި 4 ކުއްޖެއްގެ މައްޗަށް ދައުވާކޮށްފި
މި އަހަރުގެ ޖޫން މަހު އައްޑޫގައި ހިންގި ގްރޫޕް މާރާމާރީތަކުގައި މީހަކު މަރާލި މައްސަލާގައި ހަތަރު ކުޑަކުއްޖެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
07 Oct 2022
ރައީސް ޔާމީންގެ މައްޗަށް ހުށަހެޅި އައު ހެކިތަކަށް އިޖުރާއަތު ތަންނުދޭ: ނިޝާން
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ މަައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އައު ހެކިތަކެއް ހުށަހަޅާފައިވާއިރު، އެގޮތަށް ހެކި ހުށަހެޅުމަށް އިޖުރާއަތުގެ ޤާނޫނު ހުއްދަ ނުކުރާކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛް މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.
05 Oct 2022
އަލީ ވަހީދުއަށް ކުރި ދައުވާތައް އަނބުރާ ފޮނުވާލައިފި!
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި، ދައުލަތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.
03 Oct 2022
ޔޯގާ ހަމަނުޖެހުން: މުޙައްމަދަށް 21 އަހަރުގެ ޖަލުއަދަބެއް ލިބިދާނެ 2 ދަޢުވާ!
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރުން، ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމުގެ ތެރެއިން ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ރައީސް މުހައްމަދު އިސްމާއީލަށް 21 އަހަރުގެ ޖަލު އަދަބެއް އަތުވެދާނެ 2 ދަޢުވާއެއް ޕީޖީ އޮފީހުން އުފުލައިފިއެވެ.
03 Oct 2022
ނިޝާން އާއި ފަޟުލޫން އަށް 15 އަހަރުގެ ޖަލު ހުކުމް އަންނަ ދައުވާއެއް
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމުގެ ތެރެއިން ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ދީނީ ދެ ޢިލްމުވެރިން ކަމުގައިވާ ޝެއިޚް ފަޟުލޫން ބިން މުހައްމަދު އާއި ޝެއިޚް އާދަމް ނިޝާން އަށް 15 އަހަރުގެ ޖަލު އަދަބެއް އަތުވެދާނެ ދަޢުވާއެއް ޕީޖީ އޮފީހުން އުފުލައިފިއެވެ.
29 Sep 2022
ޕީޖީ ޝަމީމު ބަނގުރާ އިސްތިހާރުކުރީމަވެސް ފުލުހުން ހަނު: ނަޝީދު
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު ބަނގުރާ އިސްތިހާކުރެއްވުމުންވެސް ފުލުހުންގެ މުއައްސަސާ ހަނު އޮންނަކަމަށް ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
25 Sep 2022
އެއްޖިންސުން ގުޅުން ހިންގުމުގެ އަދަބު ކުޑަކުރުން ޝަމީމް ދިފާއުކޮށްފި!
އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވާ މީހުންގެ އަދަބު ކުޑަ ކަމާއި މެދު ޢާއްމުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައި ވަނިކޮށް، ކުށް ކުރާ މީހުންގެ އަދަބު ކުޑަ ކުރުމަކީ އައު ކަމެއް ނޫން ކަމަށް ބުނެ އެކަން ދިފާއުކޮށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ލިޔުމެއް އާއްމު ކުރައްވައިފިއެވެ.
25 Sep 2022
ނާޒިމް ސައްތާރުގެ އަދަބު ލުއިކުރީ ގާނޫނާ ހިލާފަށް ކަން ޕީޖީ ޝަމީމް ގެ ލިޔުމަކުން!
ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފް ވުމުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ ކޮއްކޮ، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ކްރިމިނަލް ކޯޓުން އަދަބު ކަނޑައެޅި އިރު ގާނޫނާ ހިލާފަށް އަދަބު ލުއި ކޮށްފައިވާކަން ޕީޖީ ޝަމީމްގެ ލިޔުމަކުން ހާމަވެއްޖެއެވެ.