ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)
29 Oct 2023
ތުލުސްދޫ ދާއިރާގެ މެންބަރު ޕީއެންސީއަށް ސޮއިކުރައްވައިފި!
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
29 Oct 2023
"ޕީޕީއެމް/ޕީއެންސީ އަންހެން މެންބަރުންނަށް ޕާޓީން އެލަވަންސްއެއް"
ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
20 Oct 2023
"ކެންޕެއިންގައި ދެއްކި އެކުވެރިކަން ސަރުކާރު ދެމެހެއްޓުމަށް ދައްކައިދެއްވާ"
މިއަހަރުގެ ރިޔާސީ އިންތިޚާބު، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކާމިޔާބު ކުރުމަށް ކެމްޕެއިން ޓީމްތަކާއި ސަޕޯޓަރުން އެކުވެރިކަމާއިއެކު މަސައްކަތް ކުރި ފަދައިން، ސަރުކާރު ދެމެހެއްޓުމަށް ވެސް މަސައްކަތް ކޮށްދެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
17 Oct 2023
"އިސްލާމްދީނާ ޤައުމިއްޔަތަށް އެންމެ އިސްކަންދޭނަން"
17 ނޮވެމްބަރު 2023 ގައި ޤާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
13 Oct 2023
ޑރ. މުއިއްޒު ނަންފުޅުގައި ފޭކް މެސެޖު ތަކެއް!
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނަންފުޅުގައި ފޭކު އެސްއެމްއެސް ތަކެއް ދައުރު ކުރާތީ ޕްރޮގްރެސިވް ކޮންގްރެސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
12 Oct 2023
"ކެބިނެޓް އެކުލަވާލުމަަށް ލިސްޓެއް ޔާމީން ފޮނުއްވި ކަމެއް ނޭނގެ"
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓް އެކަލަވައިލުކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށާ، އެކަމާއި ގުޅިގެން، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ލިސްޓެއް އެމަނިކުފާނަށް ފޮނުއްވާފައިވާކަން އެނގިފައި ނުވާ ކަމަށް، ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.
07 Oct 2023
ޑރ މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތައް މޯދީއަށް ދައުވަތު ދެއްވަނީ
އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ރައީސް ކަމުގެ މަޤާމާއި ހަވާލުވެ ވަޑައިގަތުމަށް މަޤާމުގެ ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތައް އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ދައުވަތު ދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
07 Oct 2023
އައު ސަރުކާރާއި އެކު ސަޢުދީ އާއި ގުޅުން އިތުރަށް ބަދަހިވާނެ!
އިންތިޚާބީ އައު ސަރުކާރާއި އެކު ސަޢުދީޢަރަބިއްޔާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ވެގެން ދާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.