28 Jun 2024
ރައީސްގެ މާލީ އިސްލާހީ ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ގައުމީ ކަމެއް
ރައްޔިތުންނަށް އޭގެން މާބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް މާލީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ވިސްނަވާ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް، ޤައުމީ ވިސްނުމަކުން ވިސްނަވާ އަޅުއްވާ ފިޔަވަޅުތަކެއްކަމަށް ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
09 Jun 2024
މެޑަމް ސާޖިދާގެ ދޮންބައްޕަ އަވަހާރަވުމުން ޕީޕީއެމް/ޕީއެންސީން ތައުޒިޔާ ކިޔައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދޮންބައްޕަ، އަލީ އިބްރާހިމް (ދޮން އަލިބެ) އަވަހާރަވުމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީން ތައުޒިޔާ ކިޔައިފިއެވެ.
24 Apr 2024
ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމުން ޕީޕީއެމް/ޕީއެންސީ އިން ތައުޒިޔާ ކިޔައިފި
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވުމާއި ގުޅިގެން ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިން ތައުޒިޔާ ކިޔައިފިއެވެ.
22 Apr 2024
ރައީސް އަޒުލުކުރަން ރައްޔިތުން ޖާގަ ނުދޭނެކަން ސާފުވެއްޖެ: ހީނާ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޒުލުކުރަން ރައްޔިތުން ޖާގަ ނުދޭނެކަން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން ސާފުވެއްޖެ ކަމަށް މަޖިލިސް އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
21 Apr 2024
ކުރިންވެސް ތަންތަނުގައި ހުޅުޖެހީ އެމްޑީޕީން؛ މި ޕާޓީންނެއް ނޫން: ޕީއެންސީ
މީގެ ކުރިންވެސް ތަންތަނުގައި ހުޅު ޖަހާފައި ވަނީ އިދިކޮޅު އެމްޑީޕީން ކަމަށާ، ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަކީ އެފަދަ ކަންކަން ކުރާނެ ބައެއް ނޫން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
20 Apr 2024
މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އެމްޑީޕީއަށް ދެއްކޭކަށް ނެތް: ހީނާ
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ވެރިކަން ނިމުނުއިރު އިޤްތިސާދު އަނދަވަޅަކަށް ވައްޓާލާފައި ވާއިރު، މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އިދިކޮޅު އެމްޑީޕީއަށް ދެއްކެން ނެތްކަމަށް މަޖިލިސް އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
20 Apr 2024
މާދަމާ ވޯޓްލާއިރު ރައްޔިތުންގެ ކުރިމަތީގައި އޮތީ ކޮން ގޮތެއް؟
ރާއްޖޭގައި މިހާތަނަށް ފެންނަމުން އަންނަ އިންތިޚާބީ ފިލޯސަފީއަށްބަލާއިރު ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިޚާބުގައި އަބަދުވެސް ރައްޔިތުން ވޯޓްލަނީ އެވަގުތަކު ސަރުކާރު ހިންގަން އޮންނަ ޕާޓީއަކަށް ކަމުގައި އޮންނަނީ ގަބޫލުކުރެވިފައެވެ. އެމްޑީޕީން 2008 ވަނަ އަހަރާއި އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ދައުވާކުރީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑީ ސަރުކާރަށް ތާއީދު ކުރުމުން ކަމުގައެވެ.
16 Apr 2024
ރައީސް ޑރ.މުޢިއްޒު ހެންވޭރު ދެކުނު ދާއިރާގެ ދޮރުން ދޮރަށް!
ސަރުކާރު ކޯލިޝަން ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ދޮރުންދޮރަށް ކެމްޕޭން ހަރަކާތް މިއަދު ކުރިއަށް ގެންދާނީ ހެންވޭރު ދެކުނު ދާއިރާގައި ކަމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.