ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
24 Feb 2024
ޕްރައިމަރީން ނާކާމިޔާބުވުމަކީ އަދި ޕާޓީން ވަކިވެގެންދާން ޖެހޭ ސަބަބެއް ނޫން: ޒުހުރިއްޔާ
ޕްރައިމަރީން ނާކާމިޔާބުވުމަކީ އަދި ޕާޓީން ވަކިވެގެންދާން ޖެހޭ ސަބަބެއް ނޫންކަމަށް ޕީޕީއެމް/ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރެއްވި ޒުހުރިއްޔާ ހުސައިންފުޅު ވިދާޅުވެއްޖެއެވެ.
18 Feb 2024
މުހައްމަދުގެ ކެންޕެއިން ހޮޓްލައިން ނަންބަރެއް ތަޢާރަފްކޮށްފި!
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އިސްމާއިލްގެ ކެންޕެއިން ހޮޓްލައިން ނަންބަރެއް ތަޢާރަފްކޮށްފި އެވެ.
14 Feb 2024
ޕީއެންސީއަށްވުރެ، ޕީޕީއެމްގެ އިހްލާސްތެރި މެންބަރުން ގިނަ
ދިވެހިރާއްޖޭގައި އަދިވެސް، ވެރިކަންކުރާ ޕީއެންސީއަށްވުރެ، ޕީޕީއެމަށް އިޚްލާޞްތެރި މެންބަރުން ގިނަ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
31 Jan 2024
ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނާއި ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވައިފި
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް، ރައީސުލްޖުމްހޫރިއްޔާަ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.
29 Jan 2024
ރައީސް އަޒުލު ކުރުމަށް ފުރުސަތެއް ނުދޭނަން: ޕީޕީއެމް/ޕީއެންސީ ޕީޖީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އަޒުލު ކުރުމަށް ފުރުސަތެއް ނުދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) އިން ބުނެފިއެވެ.
29 Jan 2024
ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިއަދު 1 ޖަހާއިރު
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލިހުން ބާއްވާ ޖަލްސާ މިއަދު މެންދުރު ފަހު 1:00 އަށް ފަސްކޮށްފިއެވެ.
28 Jan 2024
އެންމެފަހުން މިރޭ ބާއްވަން އުޅުނު ޖަލްސާވެސް ނިންމާލަށް ޖެހިއްޖެ
ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފެށި ޖަލްސާ، މިރޭވެސް ކުރިއަށް ނުގެންދެވި އެންމެފަހުން ނިންމާލަސް ޖެހިއްޖެއެވެ.
28 Jan 2024
އަސްލަމްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުބާރު ނެތް މައްސަލަ ޕީޕީއެމް/ޕީއެންސީ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށައަޅައިފިއެވެ.