21 Nov 2023
ޕީއެންސީން، ޕީޕީއެމާ ވަކި އޮފީހެއްގައި މަސައްކަތް ކުރަން ފަށައިފި!
ޕީޕީއެމާއި އެކު، އެއް އޮފީހެއްގައި މަސައްކަތް ކުރަމުންއައި، ވެރިކަންކުރާ ޕީއެންސީން ވަކި އޮފީހެއް ގާއިމްކޮށް ޕީޕީއެމާ ވަކި އިދާރާއެއްގައި މަސައްކަތް ފަށައިފި އެވެ.
19 Nov 2023
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ކަމަށް އަޙުމަދު (ޤައުމީލޭ)
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި މާފަންނު ހުޅަނގު ދާއިރާއަށް ކުރިމަތިލާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ޕީއެންސީގެ ސެނެޓް މެންބަރު އަޙުމަދު ހަމްދުالله ރަޝީދު (ޤައުމީލޭ) ވާދަކުރައްވަން ނިންމައިފިއެވެ.
14 Nov 2023
ހެންވޭރު ހުޅަނގު ދާއިރާއަށް (ކައްޕި) ވާދަކުރައްވަނީ!
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ޢަލީ އިބްރާހީމް، ކައްޕި ނިންމަވައިފިއެވެ.
13 Nov 2023
ޕީޕީއެމް/ޕީއެންސީ ގެ ޓިކެޓްގައި ސިޔާޒް ނައިފަރު ދާއިރާއަށް ވާދަކުރަނީ
2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާއަށް ވާދަކުރާކަން އަހްމަދު ޝިޔާޒް އިއުލާނުކޮށްފިއެވެ.
13 Nov 2023
ނަބީލް މިލަންދޫ ދާއިރާއަށް ވާދަކުރައްވަނީ!
ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ށ. މިލަންދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޕީއެންސީގެ ސެނެޓަރ މުހައްމަދު ނަބީލް ޒަމީލް (ނައްބެ) ނިންމަވައިފިއެވެ.
11 Nov 2023
އެމްއެންޕީގެ ނާއިބު ރައީސާ މިރްފަތު ޕާޓީން ވަކިވެވަޑައިގެންފި!
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސާ މިރްފަތު އިސްމާޢީލް ޝަފީގު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.
06 Nov 2023
ބަޖެޓް ހުށަނޭޅުމަށް ބަންޑާރަ ނައިބަށް ލަފާ ނުދެއްވޭނެ: އާޒިމާ
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށައަޅަން ފިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިނުގަތުމަށް ބަންޑާރަ ނައިބަށް ލަފާ ނުދެއްވޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޒާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
06 Nov 2023
އޭޖީ އާއި މަޖިލީހުގެ ސްޓޭންޑު ތަފާތު؛ ޕީޕީއެމްގެ އިޖުރާއީ އިއުތިރާޒެއް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު އިއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތަކަާއިމެދު، އެޓާނީ ޖެނެރަލްގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހު އިދާރާގެ ސްޓޭންޑުގައި ހިލާފުތަކެއް އުޅޭއިރު ޝަރީއަތުގައި އެޓާނީ ޖެނެރަލްގެ އޮފީހުން މަޖިލިސް ތަމްސީލު ކުރުމާ ސުވާލު އުފައްދައި ޕީޕީއެމް/ޕީއެންސީން އިއުތިރާޒެއް ހުށަހަޅައިފިއެވެ.