ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
28 Oct 2023
ޕީޕީއެމްގެ ނަމުގައި ހެކުކުރާ ލިންކުތަކެއް ފޮނުވަނީ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނަމުގައި ހެކުކުރާ ލިންކުތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެދިއްޖެ އެވެ.
23 Oct 2023
"ޤާނޫނަކުން ނޫން ގޮތަކަށް އިންތިޚާބަށް ނުފޫޒު ފޯރުވުން ނުހުއްޓުވޭނެ"
އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވޭނީ ޤާނޫނެއް ހަދައި އެ ޤާނޫނު ފުރިހަމަޔަށް ތަންފީޒުކުރެވިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
20 Oct 2023
"ކެންޕެއިންގައި ދެއްކި އެކުވެރިކަން ސަރުކާރު ދެމެހެއްޓުމަށް ދައްކައިދެއްވާ"
މިއަހަރުގެ ރިޔާސީ އިންތިޚާބު، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކާމިޔާބު ކުރުމަށް ކެމްޕެއިން ޓީމްތަކާއި ސަޕޯޓަރުން އެކުވެރިކަމާއިއެކު މަސައްކަތް ކުރި ފަދައިން، ސަރުކާރު ދެމެހެއްޓުމަށް ވެސް މަސައްކަތް ކޮށްދެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
17 Oct 2023
"އިސްލާމްދީނާ ޤައުމިއްޔަތަށް އެންމެ އިސްކަންދޭނަން"
17 ނޮވެމްބަރު 2023 ގައި ޤާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
17 Oct 2023
"އަޒުމް އާކުރަންވީ އިސްލާމްދީނުގެ ހިދާޔަތުގައި ރާއްޖެ ބޭއްވުމަށް"
އިސްލާމްދީނުގެ ހިދާޔަތުގައި ދިވެހިރާއްޖެ ތާއަބަދު ބޭއްވުމަށް އަޒުމް ކަނޑައަޅަން ޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
16 Oct 2023
"ސަރުކާރު ކުންފުނިތައް އޮތީ މަސައްކަތްތެރިންނަށް ދަރާފައި"
ސަރުކާރު ނިމެން ކުޑަތަންވެފައިވާއިރު، އެތައް ބަޔަކު ލައްވާ މަސައްކަތްކުރުމަށްފަހު ސަރުކާރު ކުންފުނިތަކުން ލާރި ނުދީއޮތް މައްސަލައިގެ ކަންބޮޑުވުން މަސައްކަތްތެރިން ފާޅުކުރަމުންދާ ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
14 Oct 2023
"އުންމީދަކީ ހުވާކުރާތާ ހަފްތާއެއްގެ ތެރޭ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކާމިޔާބުވުން"
އުންމީދުކުރަނީ ވެރިކަމަށް ހުވާކުރައްވާތާ ހަފްތާއެއްގެ ތެރޭގައި އިންޑިއާ ސިފައިން ރާއްޖެއަށް ބޭލުމުގެ މަސައްކަތް ކާމިޔާބުވެގެން ދިއުންކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
13 Oct 2023
ޑރ. މުއިއްޒު ނަންފުޅުގައި ފޭކް މެސެޖު ތަކެއް!
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނަންފުޅުގައި ފޭކު އެސްއެމްއެސް ތަކެއް ދައުރު ކުރާތީ ޕްރޮގްރެސިވް ކޮންގްރެސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.