ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
27 Jan 2024
ވޯޓާސް ލިސްޓުތަކަށް ބަދަލު ގެނެސްފައިވާކަމަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވައިފި
ޕީޕީއެމް/ޕީއެންސީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތލީ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓު ލެވޭ ފަރާތްތަކުގެ ލިސްޓަށް ބަދަލުގެނައި ކަމަށް ކުރެވޭ ތުހުމަތުތައް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.
27 Jan 2024
މޮޅުވާ މީހާ އާއި އެކު ބަލިވާމީހާ ކުރިއަށްދާން ވަނީ އިޤުރާރުވެވިފަ – ރައީސް
މިއަދު ކުރިއަށް ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުމުގައި ކާމިޔާބު ހޯދާ ކެންޑިޑެތުންނާއި އެކު ބަލިވާ ކެންޑިޑޭޓުން ކުރިއަށް ދާގޮތަސް ކޯލިޝަންތެރޭގައި އިޤްރާރުވެވިފައިވާކަމަށް ރައީސުލް ޖުމުހުރިއްޔާ އަދި އެ ކޯލިޝަންގެ ލީޑަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
27 Jan 2024
ވޯޓުލުން ކުރިއަށްދާ ގޮތް ރައީސް ޑރ.މުއިއްޒު ބައްލަވާލައްވައިފި
20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާގޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.
27 Jan 2024
ހެންވޭރު ދަނޑު ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި
ޕީޕީއެމް/ޕީއެންސީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ފަރާތެއް ހޮވުމަށް މިއަދު ކުރިއަށްދާ އެކޯލިޝަންގެ ޕްރައިމަރީ އިންތިހާބާއި ގުޅިގެން ހެންވޭރު ދަނޑު ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ.
27 Jan 2024
ޕްރައިމަރީ އިންތިހާބު އަމާންކަމާއި އެކު ކުރިއަށް ގެންދިޔުމަށް އެދެފި
މިއަދު ކުރިއަށްދާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ އިންތިހާބު އަމާންކަމާއި އެކު ކުރިއަށް ގެންދިޔުމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެދިވަޑައިގެންފިއެވެ.
27 Jan 2024
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި
ކުރިއަށްއޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
25 Jan 2024
ސަރުކާރު ހުއްޓުވައެއް ނުލެވޭނެ: އަބްދުއްރަހީމް
ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުންނުދީ ހިފަހައްޓައިގެން ސަރުކާރު ހުއްޓުވާނުލެވޭކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
25 Jan 2024
ރައީސެއްގެ އަތް ބަންނަން ކުރާ މަސައްކަތަކަށް ތާއީދެއް ނުކުރަން: އަބްދުއްރަހީމް
ރައްޔިތުން އިންތިހާބުކޮށްފަ ހުރި ރައީސުލްޖުމްހޫރިއްޔާއެއްގެ އަތް ބަންނަން ކުރާ މަސައްކަތަށް ތާއީދު ނުކުރައްވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.