14 Sep 2023
"އަމީނީ މަގު ހަދަމުން މި ދަނީ ސީދާ ރައީސް ޞާލިހުގެ ބެއްލެވުމުގެ ދަށުން"
މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ބެއްލެވުމުގެ ދަށުންކަމަށް އެ މަސައްކަތް މިހާރު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓާ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.