20 Sep 2023
"ރައީސް ޞާލިހު ކުރިމަތިލައްވަން ފެންނަނީ ދުނިޔޭގެ ރައީސްކަމަށް"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދުނިޔޭގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ޔޫތު މިނިސްޓަރު އަހުމަދު ގޮވާލައްވައިފި އެވެ.
20 Sep 2023
"ޝެއިޚް އިމްރާނު ހުއްޓާ އެހެން ބަޔަކަށް ދީނީ ކާޑެއް ނުކުޅެވޭނެ"
ދީނީ ކާޑު ކުޅެވޭނީ ހަމައެކަނި "އަދާލަތު ޕާޓީ" އަށް ކަމަށާއި އެހެން މީހުން އެ ކާޑު ކުޅުއްވަން ނޫޅުއްވުމަށް ޝެއިޚް އިލިޔާސް ޖަމާލު ގޮވާލައްވައިފި އެވެ.
20 Sep 2023
ވިނަރެސް ފުލެޓްގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދޭނަން: ރައީސް
ވިނަރެސް ފްލެޓުތަކަށް ދައްކަން ޖެހޭ ޑައުންޕޭމެންޓާއި، އެ ފުލެޓް ތަކުގެ ކުލި ކުޑަ ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
20 Sep 2023
"މަޖިލީހުން ފާސްކޮށްފި އަންނަމަހު ނިޒާމީ ވޯޓު ނަގަން ފޮނުވާނަން"
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތުން ފާސްކޮށް ތަސްދީގުކުރަން އެ އެމަނިކުފާނަށް ފޮނުވައިފި ނަމަ، އޮކްޓޯބަރުގައި އެ ވޯޓު ނެގުމަށް، އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
20 Sep 2023
"ދަފްތަރަށް ޚާއްސަ ހައުސިން ސްކީމެއްގެ މަސައްކަތް ފަށައިފިން"
މާލޭގެ ދަފްތަރުގައި ޖެހިގެން ތިބި ފަރާތްތަކާއި މާލެއަށް ދިރިއުޅުން ބަދަލުކޮށް ގިނަ ދުވަސްތަކެއްވެފައިވާ ފަރާތްތަކަށް ޚާއްސަ ސައުސިން ސްކީމެއްގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އިއުލާނުކުރައްވައިފި އެވެ.
19 Sep 2023
"ދެވަނަ ހާފަށް މި ނިކުންނަނީ މާ ގަދަކޮށް، ކާމިޔާބުކުރާނަން"
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
19 Sep 2023
ކޯރަމް ހަމަ ނުވާ މައްސަލާގައި ނަޝީދުގެ ސިޓީއެއް ރައީސަށް!
ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ މެންބަރުން ޖަލްސާއަށް ވަޑައިނުގަންނަވާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެ ޖަލްސާތައް ކުރިއަށް ނުގެންދެވޭ މައްސަލާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޓީފުޅެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ފޮނުއްވައިފި އެވެ.
19 Sep 2023
ކައުންސިލްތަކުގެ މުވައްޒަފުންނަށް %35 އެލަވަންސް ދެނީ!
ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް 35% އެލަވަންސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.