ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
12 Sep 2023
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒާމިރު މަގާމުން އިސްތިއުފާ ދެއްވައިފި
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ފުރުއްވަމުން ގެންދެވި ހުސައިން ޒާމިރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
12 Sep 2023
ރަސްމީކޮށް ސިޓީ ރިލީސްކުރުމަށް މުނައްވަރު ގޮވާލައިފި
މޮރިޝަސްގެ ބޮޑު ވަޒީރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ސިޓީކަމަށް ބުނެ ލީކްވި ސިޓީއަކީ އަސްލު ޙަޤީޤަތެއްނަމަ އެ ސިޓީ ރަސްމީ ޕްރޮޓޮކޯލްގެ ތެރެއިން އާއްމު ކުރެއްވުމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރު ސަރުކާރަށް ގޮވާލައިފިިއެވެ.
12 Sep 2023
ނަޝީދު ވިދާޅުވީ ރައީސަށް ތާއިދު ކުރެވެން ނެތް ކަމަށް!
މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބައިބައިވެފައިވާ އެމްޑީޕީ އެކުވެ، އެމްޑީޕީން ވަކިވި ޑިމޮކްރެޓްސް ވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ފަހަތްޕުޅަށް އަރަން އެދި ލެއްވުމުން، "ދެން އެކަން ވާކަށް ނެތް" ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނު ވިސްނުންފުޅު ހާމަކުރައްވައިފި އެވެ.
12 Sep 2023
މޮރިޝަސް ސިޓީ ލީކުވުމުން ސަރުކާރުން އުފާ ކުރާތީ ފާޑުވިދާޅުވެއްޖެ!
ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ލިޔުމެއް ލީކުވެގެން ސަރުކާރަކުން އުފާފާޅުކުރާ ތަނެއް މިނޫނިއްޔާ ނުދެކެން ކަމުގައި ރައީސް އަބްދުﷲ ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެއެވެ.
11 Sep 2023
"ކޯލިޝަން ހެދުމުގެ މަޝްވަރާ ރައީސާއެކު ވެސް ދަނީ ކުރިއަށް"
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއިއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
11 Sep 2023
ކޯލިޝަން ހެދުމަށް ދެ އަދި ގޮތެއް ނުނިންމަން: ފާރިސް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ދެ ޕާޓީގެ ކަމުގައިވާ ވެރިކަން ކުރާ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުންވެސް އެކުގައި ކޯލިޝަން ހެދުމަށް ދަޢުވަތު އައިސްފައިވާ ކަމަށް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
11 Sep 2023
ދެވަނަ ބުރުގައި ކެންޑިޑޭޓުންގެ ނަންބަރު ބަދަލެއް ނުވާނެ: އީސީ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރަކީ ފުރުތަމަ ބުރުގައި ވާދަ ކުރެއްވި ނަންބަރުކަމަށް އިލެކަޝަންސް ކޮމިޝަންސް (އީސީ) ގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
11 Sep 2023
"އިންޑިއާ މައްސަލާގައި ހާމަކުރެވެން ހުރި ކަންކަން ހާމަކުރާނަން"
ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މައްސަލައާއި މޮރިޝަސް މައްސަލާގައިވެސް ހާމަކުރެވެން ހުރި ކަންކަން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.