ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
03 Sep 2023
އަންނަ އާދީއްތަ ދުވަސް ބަންދު!
އަންނަ އާދީއްތަ ދުވަހަކީ ބަންދުވަހެއް ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ކަނޑައަޅުއްވައިފިއެވެ.
03 Sep 2023
އެމްޑީޕީ ކޯލިޝަނުން އެދޭ ތަރައްޤީ ގެނައުމަށް 10 އަހަރު ބޭނުންވޭ!
10 އަހަރު ނުލިބި، އެމްޑީޕީ ކޯލިޝަނުން ރާއްޖެއަށް ގެންނަން ބޭނުން ތަރައްޤީއެއް ނުގެނެވޭނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
03 Sep 2023
ނޮޅިވަރަމަށް ކުޑަކުދިންގެ ޑޮކްޓަރަކާއި އަންހެނުންގެ ޑޮކްޓަރެއް ހަމަޖައްސާނަން!
ހދ ނޮޅިވަރަމު ސިއްޚީ މަރުކަޒަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކާއި އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
03 Sep 2023
"އިތުރު ދައުރެއް ނުދެއްވައިފި ނަމަ، ރާއްޖެ ވެއްޓޭނީ އަނދަވަޅަކަށް"
ރާއްޖޭގެ ރަށްރަށުގައި އަދި އެޅުނީ ތަރައްޤީގެ ބިންގާ ކަމަށާއި ފަށައިފައިހުރި މަސައްކަތްތައް ނިންމަން އިތުރުދައުރެއް ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
03 Sep 2023
ފޮނަދޫގައި ސިޓީ ހޮޓާހެދުން ގައުމީ ސަލަމާތަށް އޮތް ނުރައްކަލެއް؟
ހުކުރު ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ މާލޭގެ ބޮޑު ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހް އެމަނިކުފާނު ދެން އަންނަ ރިޔާސީ ދައުރަކަށް ރައްޔިތުން ހޮވައިފިނަމަ ހިންގަވާނެ ވަރަށް ބޮޑު މަޝްރޫއެއް އިއުލާން ކުރެއްވިއެވެ. އެމަޝްރޫއު އިއުލާން ކުރައްވަމުން ވިދާޅުވީ އެއީ މެނިފެސްޓޯ އިއުލާން ކުރިއިރު ކަސިޔާރުވެފައިވާ އެކަމަކު މިހާރު އެމަނިކުފާނު ވާހަކަދައްކަވައި ހިންގަވަން ނިންމަވާފައިވާ ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ.
03 Sep 2023
ކުރީގެ މިނިސްޓަރ ޑރ އިނާޒްގެ ތާއީދު ރައީސް ޞާލިޙްއަށް!
ސެޕްޓެމްބަރ 9ވަނަނ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމަށް ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވެވި ޑރ އަހްމަދް އިނާޒް ނިންމަވައިފިއެވެ.
03 Sep 2023
ރައްޔިތުން އަތުން އިތުރު ޓެކުހެއް ނުނަގަން 8 ކެންޑިޑޭޓުން އެއްބަސް!
ސަރުކާރަށް އާމްދަނީ އިތުރުކުރުމަށް މިހާރު ރައްޔިތުން އަތުން ނަގަމުންދާ ޓެކްސްގެ އިތުރުން އިތުރު ޓެކުހެއް ނުނަންގަވާނެކަމަށް މި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވިދާޅުވެއްޖެ އެވެ.
02 Sep 2023
"އުފާވެރި މާލެ" މެނިފެސްޓޯ: މާލޭގައި ޒަމާނީ ޕަބްލިކް ޓްރާންސްޕޯޓް ތަޢާރަފްކުރުން
"އުފާވެރި މާލެ" މެނިފެސްޓޯގެ ދަށުން މާލެ ސަރަހައްދުގައި ޒަމާނީ ޕަބްލިކް ޓްރާންސްޕޯޓް ތަޢާރަފްކުރާނެ ކަމަށް އެމްޑީޕީ ކޯލިޝަނުން ބުނެފިއެވެ.