24 Jul 2023
ރައީސް ނަޝީދު އެދަރަޖައަށް ވެއްޓުނީމާ ހައިރާނެއްނުވޭ
ޕްރައިމަރީއިން ބަލިވީމާ، ކާމިޔާބުވި ކެނޑިޑޭޓުގެ ފަހަތްޕުޅަށް ނާރަން އެކި ބަހަނާ ދެއްކެވި ބޭފުޅަކު އެދަރަޖައަށް ވެއްޓުނީމާ ހައިރާން ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މިއުވާން ވިދާޅުވެއްޖެއެވެ.
24 Jul 2023
"ޒުވާންވުމަށް ރައީސް ޞާލިހު، އިސްތަށިފުޅުގަ ކުލައެއް ނުޖައްސާނެ"
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ކޯލިޝަން ހަދާފައިވާ އެމްޑީޕީީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ، ޒުވާންކަން ދައްކަވަން އިސްތަށިފުޅުގައި ކުލަ ޖައްސަވާ ބޭފުޅެއް ނޫން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
24 Jul 2023
"މަގުމަތީގައި ކުރި މަސައްކަތުގެ ބަދަލުދިން ގޮތް ވިސްނާލަބަލަ"
އިދިކޮޅުގައި އެމްޑީޕީ އޮވެ 7 އަހަރު މަގުމަތީގައި ތިބެގެން އެމްޑީޕީގެ އާންމު މެމްބަރުން ކުރި ބުރަ މަސައްކަތުގެ އަގު ވެރިކަމަށް ވަޑައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދެއްވި ގޮތް އެ މެމްބަރުން ވިސްނާވަޑައިގަތުމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
23 Jul 2023
"ރައީސް ޞާލިހު ވެރިކަން ކުރާ ވަރަށްވުރެ މުސްކުޅިފުޅު ވެއްޖެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަން ކުރައްވާ ވަރަށް ވުރެ މުސްކުޅިފުޅު ވެއްޖެ ކަމަށާއި، ވެރިކަން ކުރެއްވުމަށް އެމަނިކުފާނުގެ ސިއްޙީ ޙާލުކޮޅު ތަންނުދެއްވާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
23 Jul 2023
"އޭސީސީއިން ރައީސްއަށް ނިސްބަތްވާ މައްސަލަތައް އަވަހަށް ނިންމަންޖެހޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ނިސްބަތްވާ މައްސަލަތައް އޭސީސީއިން އަވަސްކޮށް ނިންމާ އެމަނިކުފާނަށް ހައްގު އަދަބު ދޭންޖެހޭނެ ކަމަށް މި ސަރުކަާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
23 Jul 2023
މިނިވަންދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން އިސްލާމީ މަރުކަޒު މައިދާނުގައި
މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން އިސްލާމީ މަރުކަޒު މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.
22 Jul 2023
ރައީސް ޞާލިހަށް ނިސްބަތްވާ 34 ކޮރަޕްޝަންގެ މައްސަލަ އޭސީސީއަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ނިސްބަތްވާ ކޮރަޕްޝަންގެ 34 މައްސަލައެއް އިދިކޮޅު ކޯލިޝަނުން އޭސީސީއަށް ހުށައަޅައިފި އެވެ.
22 Jul 2023
ތުލުސްދޫ ކައުންސިލްގެ އިންޒާރެއް ފުލުހުންނަށް!
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ތުލުސްދޫއަށް ވަޑައިގަންނަވާއިރު، ފުލުހުން އެ ރަށުގެ އެއްވެސް ތަނެއް ބަންދުކޮށް ކޯޑަން ކުރެވޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެންކަމަށް އެ ކައުންސިލުން ކަނޑައަޅައި އެކަން ފުލުހުންނަށް އަންގައިފި އެވެ.