ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
01 Jun 2023
ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑަންޓް ލޯން ދެނީ
މިއަހަރު ސަރުކާރުން ހުޅުވައިލި ސްޓޫޑެންޓް ލޯނަށް ހުށައެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
31 May 2023
"ޤައުމު ވިއްކާލިއޭ ކިޔަނީ ރައީސްއާ ދިމާއަށް ކިޔާނެ އެހެން އެއްޗެއް ނެތީމަ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އިސްތަށިފުޅުގައި ގައުމު ވިއްކާލައިފިކަމުގެ "ވަގު ތުހުމަތު" އަޅުވަނީ އެމަނިކުފާނަށް ފާޑުކިޔަން އިދިކޮޅު ފަރާތްތަކަށް ކިޔޭނެ އެއްވެސް އިތުރު އެއްޗެއް ނެތުމުންކަމަށް ރައްޔިތުންގ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
31 May 2023
"ރައީސް ޞާލިހު އެ ހުންނެވީ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވައިގެން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ދަމަހައްޓަން ރައްޔިތުން ބޭނުންވާ ކަމަށާއި، އެމަނިކުފާނު މިއަދު ވެރިކަމުގައި އެ ހުންނަވަނީ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
29 May 2023
"ރައީސް ޞާލިހު ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
29 May 2023
ފަރޓިލިޓީ ކެއަރ ޕްރޮގްރާމް ތަޢާރަފްކުރުމަށް ސަރުކާރުން ތައްޔާރުވަނީ
ނޭޝަނަލް ފަރޓިލިޓީ ކެއަރ ޕްރޮގްރާމެއް ތަޢާރަފްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
29 May 2023
"ކުރި ވައްކަން ނުބަލާ ލަދު ހަޔާތަށް ޒީރޯ ޓޮލަރެންސް ދިނީމާ "ޗޯރު އިބުރޭ" ގޮވާނެ"
މި ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަށް ނުބަލާ، ވައްކަމާއި ކޮރަޕްޝަނަށް ދެއްވާނެކަމަށް ވިދާޅުވި ޒީރޯ ޓޮލަރެންސް ޕޮލިސީ ތަންފީޒު ނުކުރައްވާ ހުންނެވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ނިސްބަތްކޮށް "ޗޯރު އިބުރޭ" އޭ ކިޔައި ގޮވާނެކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
29 May 2023
"ޗޯރު އިބުރޭ ގޮވާތީ ހަމައިން ނެއްޓުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް"
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހަށް ނިސްބަތްކޮށް "ޗޯރު އިބުރޭ" ގޮވާތީއޭ ކިޔައި ހަމައިން ނެއްޓިގެން ދިއުމަކީ ޑިމޮކްރަސީގައި ފަހަތަށް އަޅާ ފިޔަވަޅެއްކަމަށް މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
29 May 2023
"ޗޯރު އިބުރޭ" ކިޔަން ބޭނުން މީހާއަށް އެހެން ކިޔެން ޖެހޭ: އީވާ
ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ފާޑުކިޔަން ބޭނުންވާ މީހާއަށް، ނުވަތަ ވަނަމުން ގޮވަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.