ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
07 Mar 2023
ދެ ރައީސުންގެ މައްސަލަ ސުޕްރިމްކޯޓުން ބޭރުކޮށްލައިފި
ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ހުވާ ކޮށްގެން ދެ ރައީސުން ތިއްބެވުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލައަށް ހައްލެއް ހޯދަން އިދިކޮޅުު ކޯލިޝަނުން ސުޕްރިމް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
06 Mar 2023
"އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ"
އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން މެދުފަންތީގެ ޢާމްދަނީ ލިބޭ ޤައުމަކަށް ހިޖުރަކުރުމަށް ރާއްޖެ ކުރި ދަތުރުގައި، ފަޤީރުކަން ނައްތާލައި ތަރައްޤީ ގެނައުމަށް ކުރިމަތިވި ގޮންޖެހުންތަކާއި ރާއްޖޭގެ ތަޖުރިބާތައް ޙިއްޞާކުރައްވައި، އެގޮތަށް ހިޖުރަކުރާ ޤައުމުތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކުރައްވައިފިއެވެ.
06 Mar 2023
ރައީސް ޞާލިހު މަލާވީގެ ރައީސް އާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ، އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ގުރޫޕުގެ ޗެއަރ އަދި މަލާވީގެ ރައީސް ޑރ. ލަޒާރަސް ޗަކްވޭރާއާ، ބައްދަލުކުރައްވައިފިއެވެ.
05 Mar 2023
އަންޑަރޑިވެލޮޕްޑް ޤައުމުތަކުގެ ކޮންފަރެންސް ގައި ރައީސް ބައިވެރިވެއްޖެ
އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.
05 Mar 2023
"އެމްޑީއޭ ހިމެނޭ ކޯލިޝަން ސަރުކާރުން ފުދުންތެރިކަން ގެންނާނެ"
މި އަހަރުގައި އުފެދިގެން އަންނަ، އެމްޑީއޭ ހިމެނޭ ކޯލިޝަން ސަރުކާރު ވެގެންދާނީ ދިވެހި ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދޭނެ ސަރުކާރަކަށް ކަަމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.
05 Mar 2023
ރައީސް ޞާލިހު އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝްއާ ބައްދަލުކުރައްވައިފިއެވެ.
04 Mar 2023
ވަޒީފާގެ އަޚްލާޤް މިހާރަށްވުރެ ރަނގަޅު ކުރަންޖެހޭ: ރައީސް ޞާލިޙް
މޯލްޑިވްސް ޓްރޭޑް ޔޫނިއަންގް މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ވަރަށް ރަނގަޅަށް މަސައްކަތްކުރާ، ވަރަށް ބުރަކޮށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާ މީހުން އެބައުޅޭ ކަމަށާއި، އެހެން ނަމަވެސް ބައެއް ފަރާތްތަކުގެ ވަޒީފާގެ އަޚްލާޤް، ވަރކް ޑިސިޕްލިން، އެތިކްސް މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމުގެ ޒިންމާ އަމިއްލައަށް ނަގައިގެން އެކަންކަންކަމަށް ހައްލު ހޯދުމަށް ވެސް ރައީސް ވިދާޅުވިއެވެ.
04 Mar 2023
"މަސައްކަތްތެރިންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު އެންމެ މުހިންމު ކަމަކީ މިނިމަމް ވޭޖް ތަޢާރަފްކުރުން"
މަސައްކަތްތެރިންނާއި، މަސައްކަތްތެރިންގެ އާއިލާތަކުގެ ހާލަތު ރަނގަޅު ކޮށް، އާމްދަނީ އިތުރުކޮށްދިނުމަށް މިސަރުކާރުން ކުރެވުނު އެންމެ މުހިންމު ކަމަކީ މިނިމަމް ވޭޖް ތަޢާރަފްކުރުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.