ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
25 Feb 2023
"މިދަނީ ސަރުކާރު ދަމަހައްޓާ ފޯމިއުލާ ކުރަހާ ކުލަޖައްސަމުން"
މި ސަރުކާރު ދަމަހައްޓާ ފޯމިއުލާ ކުރަހާ ކުލަޖައްސަމުން ދާކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
24 Feb 2023
އެމްޑީއޭގެ ނިންމުމަށް ރައީސް ޞާލިހު މަރުހަބާ ދަންނަވައިފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރުމަށް އެމްޑީއޭއިން ނިންމި ނިންމުމަށް ރައީސް ޞާލިހު މަރުހަބާ ދަންނަވައިފި އެވެ.
22 Feb 2023
ޢަދާލަތުގެ ނިންމެވުމަށް ރައީސް ޞާލިޙް މަރުހަބާ ދަންނަވައިފި
މިއަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީ އިން ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙަށް ތާއީދު ކުރަން ނިންމި ނިންމުމަށް އެމަނިކުފާނު މަރުޙަބާ ދަންނަވައިފިއެވެ.
22 Feb 2023
ރައީސް ޞާލިހަށް ތާއީދު ކުރުމަށް އަދާލަތުން ނިންމައިފި
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރުމަށް އަދާލަތު ޕާޓީން ވެސް ނިންމައިފިއެވެ.
22 Feb 2023
390 ސިޔާސީ މަގާމަށް ފާޑުކިޔާފައި 1420 މަގާމު އުފައްދައިފި
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަކީ، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައި 390 ސިޔާސީ މަގާމު އުފައްދައިގެން، އެ ކަމަށް ފާޑުވިދާޅުވި ބޭފުޅެއްކަމަށާއި އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ މަގާމުތަކުގެ އަދަދު 1420 އަރާފައިވާ ކަަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
21 Feb 2023
އެމްޑީޕީ ޕްރައިމަރީ އަލުން ބާއްވަން ހުށައެޅި މައްސަލަ ބަލައިގެންފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވަން ހުށައެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި އެވެ.
21 Feb 2023
"ކޯލިޝަން ހަދަން އެއްބަސްކުރެވޭނީ އަމިއްލަ ޕާޓީ އެއްބައި ކުރުމުގެ އުރަތްޕެއް ހުރެގެން"
ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް އުފައްދަން އެހެންބަޔަކު އެއްބަސްކުރުވޭނީ، އަމިއްލަ ޕާޓީގެ އެތެރެ އެއްބައި ކުރުމުގެ އުރައްޕެއް ހުރެގެން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހަށް ފާޑުވިދާޅުވެއްޖެއެވެ.
20 Feb 2023
ރައީސް ޞާލިހުގެ ސިޓީއެއް ކޯލިޝަންގެ ލީޑަރުންނަށް
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅޭ ސިޓީއެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، ކޯލިޝަން ޕާޓްނަރުންނަށް ފޮނުވައިފި އެވެ.