15 Jan 2026
ކިނޮޅަހު ބޭރުން އޮޔާދަނިކޮށް ފެނުނީ ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑެއް ނޫން
ރ. ކިނޮޅަހު ބޭރުން އޮޔާދަނިކޮށް މި މަހުގެ ކުރީކޮޅު ފެނުނު ހަށިގަނޑަކީ، ގެއްލިގެން ހޯދަމުންދާ ރަޝިއާގެ ފަތުރުވެރިޔާގެ ހަށިގަނޑު ނޫންކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ.
05 Jan 2026
ކިނޮޅަސް ކައިރިން ފެނުނު ހަށިގަނޑު ކުނިވެފައި، ޖިންސު ވެސް ދެނެނުގަނެވޭ
ރ. ކިނޮޅަސް ކައިރިން ކަނޑުމަތީން ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި، އެ މީހާގެ ޖިންސު ވެސް ދެނެނުގަނެވޭ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
23 Jan 2025
ކިނޮޅަހުގައި އިމާރާތް ކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފި
ރ.ކިނޮޅަހުގައި އިމާރާތް ކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފިއެވެ.
14 Oct 2024
އަރުތަ ހޭންޑްބޯޅަ 2024: ދުވާފަރު ބަލިކޮށް ކިނޮޅަސް މުބާރާތުގެ ޗެންޕިއަންކަން ހޯދައިފި
ރ.އަތޮޅު ކައުންސިލް ހޭންޑްބޯޅަ މުބާރާތް (އަރުތަ ހޭންޑްބޯޅަ 2024) ގެ ފައިނަލުގައި މިއަދު ހަވީރު ކިނޮޅަސް އާއި ދުވާފަރު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 15-22 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކިނޮޅަސް އިން މުބާރާތުގެ ޗެންޕިއަން ހޯދައިފިއެވެ.
04 Feb 2024
ފަސޭހަކަމާއި އެކު ހޭވައްލާ ބަލިކޮށް ބޭރިއަންސް އިން ޗެންޕިއަންކަން ހޯދައިފި
ރ.އަތޮޅު ކިނޮޅަސްގައި މިހާރު ކުރިއަށްދާ "23 ވަނަ ޖަމިއްޔަތުލް އިއްތިހާދު ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ފައިނަލުގައި ފަސޭހަކަމާއި އެކު ސީދާ ތިން ސެޓުން ހޭވައްލާ ބަލިކޮށް ބޭރިއަންސް އިން މުބާރާތްގެ ޗެންޕިއަންކަން ހޯދައިފި އެވެ.
02 Feb 2024
ފަސޭހަކަމާއި އެކު ކޯކޯ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ބޭރިއަންސް އިން ހޯދައިފި
ރ.އަތޮޅު ކިނޮޅަސްގައި މިހާރު ކުރިއަށްދާ "23 ވަނަ ޖަމިއްޔަތުލް އިއްތިހާދު ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ލީގުބުގެ ދެވަނަ ބޭރިއަންސް އާއި ތިންވަނަ ކޯކޯގެ މެދުގައި ކުޅެވުނު ޕްލޭއޮފް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ބޭރިއަންސް އިން ހޯދައިފި އެވެ.
01 Feb 2024
ޗެންޕިއަން ރަށްގުޑުވާ ކަޓުވާލުމަށްފަހު ހޭވައްލާ ފައިނަލަށް
ރ.އަތޮޅު ކިނޮޅަސްގައި މިހާރު ކުރިއަށްދާ "23 ވަނަ ޖަމިއްޔަތުލް އިއްތިހާދު ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ލީގުބުގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރަށްގުޑުވާ ސީދާ ތިން ސެޓުން ބަލިކޮށް ލީގުބުގެ އެއްވަނަ ޓީމުގެ ގޮތުގައި ހޭވައްލާ އިން މުބާރާތްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
31 Jan 2024
ފަހު މެޗުގައި ކޯކޯ ބަލިކޮށް ބޭރިއަންސް އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި
ރ.އަތޮޅު ކިނޮޅަސްގައި މިހާރު ކުރިއަށްދާ "23 ވަނަ ޖަމިއްޔަތުލް އިއްތިހާދު ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ފަސްވަނަ މެޗުގައި ތިން ސެޓު އެއް ސެޓުން ކޯކޯ ބަލިކޮށް ބޭރިއަންސް އިން ލީގު ބުރުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.