ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
16 Feb 2024
މައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނެ
ރަށް ރަށުގެ މައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް, ތާވަލު ކުރެވި، އެކަންކަމަށް ބަޖެޓް ހަމަޖެހިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.
15 Feb 2024
އިންވެސްޓްމަންޓްތައް ގިނަވާން ފެށީމަ ޑޮލަރު ތިޔާގިވާނެ: ރައީސް ޑރ.މުއިއްޒު
ބިޔަ ބޮޑެތި މަޝްރޫއުތައް ހިންގައި، އިންވެސްޓްމަންޓް ތައް ގިނަވާން ފެށީމަ ޑޮލަރު ތިޔާގިވެ، ލިބޭލެއް އަވަސް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
15 Feb 2024
ޔޫއޭއީ އަށް ކުރެއްވި ކާމިޔަބު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ޔޫއޭއީގައި ބޭއްވުނު ވަރލްޑް ގަވަރމަންޓްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
15 Feb 2024
މި އަހަރު ތެރޭގައި މާފުށީގައި ޑޮލަރު އޭޓީއެމް ބަހަށްޓާނީ
މި އަހަރުގެ ތެރޭގައި ކ. މާފުށީގައި ޑޮލަރު އޭޓީއެމެއް ބެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
14 Feb 2024
ބޭރުގައި އުޅޭ ދިވެހިންނަށް އިސްލާމާއި ދިވެހި އޮންލައިންކޮށް ކިޔަވައިދޭން ފަށައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ރިވެލި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިހާރު ޔޫއޭއީއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެގައުމުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށް ތާޖު ހޮޓަލްގައި ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
14 Feb 2024
ޓޫރިޒަމް ދާއިރާއަަށް ހައުސިންގ އިން އިންސައްތަ ކަނޑައެޅޭނެ
މިސަރުކާރުން އެންމެ އަވަހަށް ފަށާ ގެދޮރުވެރިކަމުގެ މަޝްރޫޢުއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް ވަކި އިންސައްތައެއް ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
14 Feb 2024
ރާއްޖެއާއި ޔޫއޭއީގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
14 Feb 2024
ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ޤާނޫނެއް!
އިންވެސްޓްމަންޓްތަކާ ގުޅޭ މުޢާހަދާތައް ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ އަދި އިންވެސްޓްމަންޓުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭގޮތަށް ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ޤާނޫނެއް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ