ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
21 Jan 2024
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އުފައްދަވައިފި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" ގެ ނަމުގައި އާ ޢިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
21 Jan 2024
އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރާއި ރައީސް ބައްދަލުކުރައްވައިފި
އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.
21 Jan 2024
މާލޭ ބިންވެރީންނަށް ރައީސް ދެއްވި ޔަގީންކަން: ގޯތި އަތު ނުލައި އުޅެވޭނެ ގޮތް ހަދައިދޭނަން!
މާލެ ސަރަހައްދުން ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ އަތުން ގޯތި އަތުނުލާނެ ކަމަށާ ގޯތި ލިބުނު ތަން ބަދަލު ނުކޮށް އެ ތަންތަނުގައި ދިރިއުޅެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
20 Jan 2024
ހާލުދެރަ ބަލިމީހުން ގެނައުމުގެ ކަންތައް އިސްލާޙްކުރަން އަންގަވައިފި
ދިވެހި ސަރުކާރުގެ ފަރާތުން ކުއްލި ފަރުވާއަށް ބަލިމީހުން ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
20 Jan 2024
ބަލިމީހުން އުފުލުމަށް އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފި
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައިވާ ފަދައިން ރާއްޖޭއަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފް ކުރުމުގެ މަސައްކަތް މި ސަރުކާރުން ކެނޑި ނޭޅި ކުރައްވަމުން ގެންދަވާ ކަމަށާއި އަދި އަންނަ މާރޗްމަހުގެ ފުރަތަ ދުވަހު އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށިގެން ދާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑު ސިވިލްއޭވިއޭސަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
20 Jan 2024
ރައީސްގެ ހާއްސަ މެސެޖަކާއި އެކު، މާލޭ ބިންވެރިންގެ ސައްލާ ބާއްވަނީ
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާއި އެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ބާއްވަން ނިންމައިފި އެވެ.
20 Jan 2024
މަސްވެރިންނަށް އަމާޒުކޮށް ރެސްކިއު ޑައިވަރުން ތަމްރީނުކުރަން ފަށައިފި
ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އަމާޒުކޮށް ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
20 Jan 2024
ރާއްޖޭގެ އަންހެނުންނަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ
ރާއްޖޭގެ އަންހެނުން ވިޔަފާރީގެ މައިދާނަށް ނެރެ ބާރުވެރިބަޔަކަށް ހެދުމަށްޓަކައި 100 މިލިއަން ރުފިޔާގެ ލޯނު އަންހެނުންނަށް ހާއްސަކޮށް ދޫކުރަން ނިންމާފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.