13 Jan 2024
ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ފައިސާ ލުއިކޮށްދޭން ނިންމައިފި
ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ފައިސާ ލުއިކޮށްދޭން ނިންމައި، ދިރާސާ ތީމު ރާއްޖެއަންނަނީ
13 Jan 2024
ކާޑުގެ ބާވަތްތައް ހޯދުމަށް ރާއްޖޭން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް!
އެތައް ޒަމާންތަކެއް ވަންދެން ދިވެހީން ބޭނުންކުރަމުންއައި ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ބާވަތްތައް ގެނައުމުގައި އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި ސަރުކާރުން ފައްޓަވައިފިއެވެ.
13 Jan 2024
ޗައިނާއިން ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭއެހީ ދޭން ނިންމައިފި: ރައީސް މުޢިއްޒު
ޗައިނާއިން ހިލޭއެހީގެ ގޮތުގައި 130 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިވެހި ރާއްޖެއަށް ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.
13 Jan 2024
ރައީސް ޑރ މުއިއްޒު މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ
ޗައިނާގެ ރައީސްގެ ޚާއްޞަ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު މާލެ ވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ނިންމަވައިފިއެވެ.
12 Jan 2024
ރައީސްގެ ދެކަނބަލުން ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަޙައްދަށް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަޙައްދަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
12 Jan 2024
ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި 100 އެދުގެ ހޮސްޕިޓަލެއް އަޅަނީ
ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި 100 އެދުގެ ހޮސްޕިޓަލެއް އެޅިގެން ދާނެކަމުގައި ރައީސުލް ޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.
12 Jan 2024
ސަރުކާރުގެ މޭޔަރަކު ހޮވުން މުހިންމު: ރައީސް މުޢިއްޒު
ދިވެހި ސަރުކާރާއި މާލޭގެ ރައްޔިތުންނާއި ދޭތެރޭގައި ހުރަހަކަށް ވާނެ މީހަކު މޭޔަރެއްގެ ގޮތުގައި މިވަގުތު ޚިޔާރުކުރުމަކީ މާލޭގެ ރައްޔިތުންނަށް ފައިދާވާނެ ގޮތެއް ނޫންކަމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Jan 2024
މިހާވަރަށް ބަހުގެއިތުބާރު ހިފޭ ރައީސަކާއެކު މަސައްކަތެއް ނުކުރަން
ހަތަރުވަރަކަށް ރައީސުންނާއި އެކު މަސައްކަތް ކުރެއްވި އިރުވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރުގެ ބަހުގެ އިތުބާރު ހިފޭ ވަރުގެ ބޭފުޅަކާއި އެކު މަސައްކަތް ނުކުރެއްވެވޭ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.