12 Dec 2023
މިތިބީ ރައީސް މާލެސިޓީއަށް ހާއްސަކުރެއްވި ސިޔާސަތުތައް ތަންފީޒުކުރަން: އާޒިމާ
މާލެސިޓީ މޭޔަރު ކަމަށް ވާދަކުރައްވަން ނުކުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މާލެ ސިޓީ އަށް ޚާއްސަ ކުރައްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރައްވަން ކަމަށް، އެ މަޤާމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.