ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
17 Sep 2022
މިސްކިތަށް ބޮޑު ކަމުދިޔަ މީހާއަށް ފިޔަވަޅު އަޅަން ގޮވާލައިފި
މިސްކިތަށް ބޮޑުކަމުދާ ކޮންމެ މީހަކީ ސިކުނޑި ހަމަނުޖެހޭ މީހަކަށް ހަދާފަ ނިންމާލުން ބަލައެއް ނުގަނެވޭ: މޭޔަރު މުއިއްޒު
15 Sep 2022
ނޫމަޑި މައްސަލައިގައި މުއިއްޒަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލުކޮށްފިއެވެ.
14 Sep 2022
އޯކިޑް މަގުގައި އިތުރު ޕާކިން ޒޯނެއް ހަދަނީ
ރާއްޖެ ޓްރެވަލް ލިންކުގެ މިނީ ބަސް ދަތުރުތަކަށް ޖާގަ ދިނުމަށް އޯކިޑް މަގުގައި ޕާކް ކުރުން މަނާކުރުމުން ބަދަލުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
12 Sep 2022
ހެންވޭރު ގައި 69 ސައިކަލް ޒޯން ކުރަހައި ނިންމައިފި!
މިނީ ބަހުގެ ހިދުމަތް ފެށުމާއި ގުޅިގެން ބަސްދުއްވާ މަގުތަކުގެ ޕާކިން ޒޯން ހުސްކޮށް އައު ޕާކިންގ ޒޯންތައް ހެދުމަށް މާލެ ސިޓީ ކައުންސިލުން ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން ހެންވޭރުގަައި 69 ސައިކަލް ޒޯން ކުރަހައި ނިންމައިފިއެވެ.
11 Sep 2022
ގދ. އަތޮޅު އެތްލެޓިކްސް މުބާރާތައް މޭޔަރ މުއިއްޒު ތިނަދޫއަށް
ގދ. އަތޮޅު ކައުންސިލުން ބާއްވާ މި އަހަރުގެ އަތޮޅު އެތްލެޓިކްސް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ތިނަދޫއަށް ވަޑައިގެންފިއެވެ.
06 Sep 2022
ސަހަރާ ކޮންނާތީ ޢާޒިމްގެ ރުޅި މުޢިއްޒު އަށް!
ފުރަމާލޭގައި ދުއްވާއެއްޗެހި ޕާކުކުރުމަށް ޕާކިން ޒޯން ހެދުމުގެ ގޮތުން މާފަންނު ސަހަރާ ކޮނެ އެތަން ސާފުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ ޢާޒިމްގެ ނުރުހުން މާލެސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުޢިއްޒު އަށް އަމާޒުވެއްޖެއެވެ.
05 Sep 2022
ސިޓީ ކައުންސިލަށް އޮތީ ސަރުކާރުން ދައްކާ ބިމެއްގައި ޕާކިންޒޯނު ހެދުން
ފުރަމާލޭގައި ދުއްވާއެއްޗެހި ޕާކުކުރުމަށް ޕާކިން ޒޯނުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަކީ ސަރުކާރުން ދައްކާ ބިންތަކުގައި އެފަދަ ޒޯނުތަކެއް ހެދުމުގެ މަސައްކަތްކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.