15 Feb 2023
އާރްޑީސީގެ މުވައްޒަފުން ކުރާ ހިތްވަރާމެދު ފަޙުރުވެރިވަން: މޫކޭ
ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) މެނޭޖިންގ ޑިރެކްޓާ މޫސާ އަލި މަނިކު (މޫކޭ) ޖެއްސުމާއި ފުރައްސާރައަށް ބެލުނެއްނެތި އަމީނީ މަގުގެ ތުރާ ފިލުވައިދިނުމަށް އާރްޑީސީގެ މުވައްޒަފުން ކުރާ ގަދަ ހިތްވަރު ފެނުުުމުން ފަޙުރުވެރިވާ ކަމަށް ވިދާޅުވެއްޖެއެވެ.
13 Feb 2023
ދައުރެއް ނިންމާލި އިރު ދިވެހި ކުންފުންޏެއް ލައްވާ ތާރު އަޅަން ނޭންގުނު: މޫކޭ
މި ސަރުކާރުން ތާރު އަޅަނީ ދިވެހި ކުންފުނި ތަކުން ކަމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) މެނޭޖިންގ ޑިރެކްޓާ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
12 Feb 2023
"އެނގިގެން ދިޔައީ އާރުޑީސީ އަކީ އުވާލަން ޖެހޭ ކުންފުންޏެއް ކަން"
އާރުޑީސީއަށް ދިގު މުއްދަތުން ނުފެށުނު މަސައްކަތް ތިން ދުވަހުން އެމްޓީސީސީން ނިންމައިލުމުން އެނގެނީ އާރުޑީސީއަކީ އުވައިލަންޖެހޭ ކުންފުންޏެއްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ.
05 Jan 2023
އަމީނީމަގު ސެގްމެންޓް 2ގެ %95 ނިމިއްޖެ: އާރްޑީސީ
އަމީނީމަގު ސެގްމެންޓް 2ގެ ތާރުއެޅުން ފިޔަވައި، މަސައްކަތުގެ %95 ނިމިއްޖެ: އާރްޑީސީ
03 Dec 2022
އަމީނީ މަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށައިފި
އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމަށް ފެށި މަޝްރުއުގެ ތެރެއިން، ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށައިފިއެވެ.
24 Nov 2022
"ބޮޑު އަގުގައި މަގު ހަދަން އާރުޑީސީއަަށް ދިނީ ދަރަންޏަށް ލުއިދޭން"
ސަރުކާރު ކުންފުންޏެއް ކަމަށްވާ (ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝް) އާރްޑީސީއަށް ބޮޑު އަގުގައި މަގު ހަދަން ހަވާލުކުރީ އެ ކުންފުނީގެ ދަރަންޏަށް ލުއިދޭން ކަމަށް މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.