ބޭރު ދުނިޔޭގެ ކުޅިވަރު
27 Feb 2024
ރަށުން ބޭރުގައި އަލް އިއްތިފާގު ބަލިކޮށް އަލް ހިލާލުން އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފި
ސައުދީ ޕްރޮފެޝަނަލް ލީގުގެ ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި އަލް އިއްތިފާގު އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ހިލާލުން ލީގު ތާވަލުގެ ކުރީގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
26 Feb 2024
ޗެލްސީ ބަލިކޮށް ލިވަޕޫލުން ލީގު ކަޕްގެ ޗެންޕިއަންކަން ހޯދައިފި
26 Feb 2024
ބީޗު ސޮކާ ވޯލްޑްކަޕް: ރޮޑްރީގޯ ގެ ހެޓްރިކާއެކު އިޓަލީ ބަލިކޮށް ބްރެޒިލް ޗެންޕިއަންކަން ހޯދައިފި
ދުބާއީގައި މިހާރު ކުރިއަށްދާ ބީޗު ސޮކާ ވޯލްޑްކަޕް 2024 ގެ ފައިނަލުގައި އާދީއްތަ ދުވަހުގެ ރޭ، ވާދަވެރި ކުޅުމަކަށްފަހު 4-6 ގެ ނަތީޖާއަކުން އިޓަލީ ބަލިކޮށް ބްރެޒިލް އިން މުބާރާތްގެ ޗެންޕިއަންކަން ހޯދައިފި އެވެ.
25 Feb 2024
ފިލް ފޮޑެންގެ ހަމައެކަނި ލަނޑާއެކު ބޯންމައުތު އަތުން މޮޅުވެ ސިޓީ އިން ފަރަގު ކުޑަކޮށްފި
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ބޯންމައުތު އަތުން މޮޅުވެ، ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފި އެވެ.
25 Feb 2024
ފުލަމް އަތުން ބަލިވެ، ފަސްވަނައަށް ކުރިއަށް އެރުމަށް ލިބުނު ފުރުސަތު ޔުނައިޓެޑުން ނަގާލައިފި
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ފުލަމް އަތުން ބަލިވެ، ލީގު ތާވަލްގެ ފަސްވަނައަށް ކުރިއަށް އެރުމަށް ލިބުނު ފުރުސަތު މެންޗެސްޓާ ޔުނައިޓެޑުން ނަގާލައިފި އެވެ.
23 Feb 2024
ހޮއިލަންޑަށް އަނިޔާވެ ސިޓީއާއި ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައި ނުކުޅެވޭނެ
މެންޗެސްޓާ ޔުނައިޓެޑްގެ ޑެންމާކް ފޯވަޑް ރަމްސުސް ހޮއިލަންޑަށް އަނިޔާވެ، ތިން ހަފުތާގެ މުއްދަތަށް ކުޅުމާއި ދުރަށް ދާންޖެހިއްޖެ އެވެ.
22 Feb 2024
ރިއަލް ސޯލްޓް ލޭކު ބަލިކޮށް، އިންޓަ މިއާމީން ސީޒަން ފެށީ މޮޅަކާއެކު
އެމެރިކާގެ މޭޖާ ލީގު ސޮކާ 2024 ގެ ފުރަތަަމަ މެޗުގައި މިއަދު ހެނދުނު އަމިއްލަ ދަނޑުގައި، ރެއާލް ސޯލްޓް ލޭކާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިންޓަ މިއާމީން މުބާރާތް ފެށީ މޮޅަކާއެކު އެވެ.
22 Feb 2024
ނަޕޯލީން އަމިއްލަ ދަނޑުގައި ބާސެލޯނާ މޮޅުވިޔަނުދީ ހިފަހައްޓައިފި
ޔުއެފާ ޗެމްޕިއަންސްލީގު ރައުންޑް އޮފް 16 ގެ ފުރަތަަމަ ލެގުގައި ބުދަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނަޕޯލީން ބާސެލޯނާ މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.