20 Aug 2024
އެންޑްރޮއިޑް އޮޓޯމޯޓިވްގައި ގޫގުލް މެޕްސްގެ އައު ފީޗަރއެއް ތަޢާރަފްކޮށްފި
އެންޑްރޮއިޑް އޮޓޯމޯޓިވްގައި ބޭނުންކުރާ ގޫގުލް މެޕްސްއަށް އައު ފީޗަރެއް ތަޢާރަފުކޮށްފިއެވެ. މި އައު ފީޗަރގައި ހިމެނެނީ ޑްރައިވަރުގެ ކުރިމަތީގައި ކުޑަ ފޮށްޓެއްގެ ސިފައިގައި ދަތުރާ ބެހޭ މުހިންމު މަޢުލޫމާތު ދައްކައިދިނުމެވެ. މި މަޢުލޫމާތުގެ ތެރޭގައި ދަތުރުގެ ލަފާކުރެވޭ ވަގުތު، ދަތުރުގެ ދުރުމިން އަދި ވާޞިލުވާނެކަމަށް ލަފާކުރެވޭ ވަގުތު ހިމެނެއެވެ.