21 Jul 2024
މުޒާހަރާތަކާއި ގުޅިގެން ބަންގްލަދޭޝްގައި ކާފިއު އިއުލާނުކޮށްފި
ބަންގަލަދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަނުކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ދެކޮޅަށް އެގައުމުގެ ދަރިވަރުން އިސްވެ ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ އޮފީސްތައް ބަންދުކޮށް ކާފިއު އިއުލާންކޮށްފިއެވެ.
20 Jul 2024
ކްރައުޑްސްޓްރައިކް ޑައުންވުމުން 8.5 މިލިއަން ޑިވައިސްއަށް އަސަރުކުރި
މިދިޔަ ހުކުރުދުވަހު ކްރައުޑްސްޓްރައިކް ޑައުންވެ ދިމާވި އައިޓީ މައްސަލައިން 8.5 މިލިއަން ވިންޑޯސް ޑިވައިސްއަށް އަސަރުކުރި ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއެް ޓެކް ކުންފުނި މައިކްރޮސޮފްޓުން ބުނެފިއެވެ.
20 Jul 2024
އޮލިމްޕިކްސްގައި ފްރާންސްގެ އެތުލީޓުން ހިޖާބު އެޅުން މަނާކޮށްފި
ފަރަންސޭސި ވިލާތުގެ ސަރުކާރުން ވަނީ 2024 ވަނަ އަހަރު ޕެރިސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގައި އެ ޤައުމުގެ ކުޅުންތެރިންނަށް ހިޖާބު އެޅުން މަނާކޮށްފައެވެ.
20 Jul 2024
"ފަލަސްޠީނުގެ މުސްލިމުންނާއިމެދު ހިންގަނީ ޤާނޫނުތަކާ ޚިލާފު ސިޔާސަތުތަކެއް"
ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކޮށް، ޔަހޫދީ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުން ހިންގަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ސިޔާސަތުތަކެއްކަމަށް އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ކަނޑައަޅައިފިއެވެ.
20 Jul 2024
އިސްރާއީލު ފުޓްބޯޅައިން ސަސްޕެންޑް ކުރުމާމެދު ފީފާއިން ގޮތެއް ނިންމުން ފަސްކޮށްފި
ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާއްމުގެ ސަބަބުން ފުޓުބޯޅައިން އެގައުމު ސަސްޕެންޑް ކުރުމަށް އެތައް ބަޔަކު ގޮވަމުންދާ ދަނޑިވަޅެއްގައި، އެކަމާއި މެދު ގޮތެއް ނިންމުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ފަސްކޮށްފިއެވެ.
18 Jul 2024
ބައިޑެން ކޮވިޑަށް ފައްސިވެ، ކެމްޕެއިން އިވެންޓް ކެންސަލް ކޮށްލައިފި
އެމެރިކާގެ ރައީސް އަދި އެގައުމުގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ޖޯ ބައިޑަން ކޮވިޑް 19 އަށް ފައްސިވެ، އިންތިޚާބުގެ ނާޒުކު ދަނޑިވަޅެއްގައި ލެޓިނޯ ވޯޓަރުންގެ ތާއީދު ހޯދުމަށް ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު ކެމްޕޭން އިވެންޓެއް ކެންސަލް ކޮށްލަން ޖެހިއްޖެއެވެ.
17 Jul 2024
ޕާކިސްތާނުގެ ސަރުކާރުން އިމްރާން ޚާންގެ ޕާޓީ އުވާލަނީ
ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ގެ ސިޔާސީ ޕާޓީ ތަހްރީކް-އެ-އިންސާފް (ޕީޓީއައި) އުވާލަން ނިންމާފައިވާކަމަށް ޕާކިސްތާނުގެ ސަރުކާރުން ހާމަކޮށްފިއެވެ.
15 Jul 2024
ނޭޕާލުގެ ބޮޑުވަޒީރު ކަމަށް ކޭޕީ ޝަރުމާ އޯލީ އައްޔަންކޮށްފި
ނޭޕާލުގެ ބޮޑު ވަޒީރުކަމަށް އެގައުމުގެ ކޮމިއުނިސްޓް ޕާޓީ (ޔުނިފައިޑް މާކްސިސްޓް-ލެނިނިސްޓް) ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކޭޕީ ޝަރުމާ އޯލީ އައްޔަނުކޮށްފިއެވެ.