21 May 2024
ލަންޑަނުން ސިންގަޕޯރަށް ދިޔަ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި، ގިނަ ބަޔަކު ޒަޚަމްވެ އެކަކު މަރުވެއްޖެ
ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޯރ އެއަރލަިއންގެ ފްލައިޓު، ބޮއިންގް 777-300އީއާރު ވަނީ ރާޢްޖެ ގަޑިން، މިއަދު މެންދުރު 13:45 ހާއިރު ބެންކޮކަށް ޑައިވަރޓްކޮށް، ކުއްލި ގޮތަކަށް ޖައްސާފައެވެ. ސިންގަޕޯރ އެއަރލައިނުން މައުލޫމާތުދެއްވި ގޮތުގައި ބޯޓުގައި ތިބި 31 މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 73 އަހަރުގެ އިނގިރޭސި ފިރިހެނެކެވެ.