ރައީސް ނަޝީދު ކަނޑުކޮސް ވާހަކަ ދައްކަވާކަމަށް މެންބަރު ސައީދު ވިދާޅުވެއްޖެ

30 Jul 2020 | 18:04

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ކަނޑުކޮސް ވާހަކަ ދައްކަވާ ބޭފުޅެއްކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ހޮންގކޮންގްގައި ޗައިނާއިން އަމަލުކުރަމުންދަނީ 1984 ސީނޯ-ބްރިޓިޝް ޖޮއިންޓް ޑެކްލެރޭޝަނާއި ޚިލާފަށް ކަމަށް ރޭ ރައީސް ނަޝީދު ވިދާޅުވި ޚަބަރެއް ކުއޯޓް ޓްވީޓް ކުރައްވަމުންނެވެ.

ޕީއެންސީގެ ނައިބު ރައީސްކަންވެސް އަދާކުރައްވާ ސައީދު ވިދާޅުވީ ކަނޑުކޮސް ވާހަކަތައް މާބޮޑަށް ގިނަވާތީ، ރައީސް ނަޝީދު ދައްކަވާ ވާހަކަތައް އަޑު ނޭހުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގައުމުތަކަށް އަންގަވާފައިވާ ކަމަށެވެ. 

"ކަރަންޓް ބިލް ވަނީ ބޮޑު. ކުރާކަށް މަސައްކަތެއް ނެތް. މިކަމާ އުޅެމާ ހިންގަވާ"، އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް