މެންބަރު ނާޒިމްގެ ފަރާތުން ދާއިރާގެ ރަށްތަކަށް ފޭސް މާސްކް ހަދިޔާކޮށްފި

03 Aug 2020 | 14:20

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ ފަރާތުން އެބޭފުޅާގެ ދާއިރާގައި ހިމެނޭ ރަށްތަކަށް ގިނަ އަދަދެއްގެ ރީޔޫސެބަލް ފޭސް މާސްކްތަކެއް ހަދިޔާކޮށްފިއެވެ.

މިތަކެތި ހަދިޔާކުރައްވާފައިވަނީ ނާޒިމް އަދި އަނބިކަނބަލުން އަފާފް އަބްދުލްމަޖީދު ގުޅިގެން އުފައްދަވާފައިވާ ނާޒިމް އަފާ ފައުންޑޭޝަންގެ ފަރާތުންނެވެ.

މެންބަރު ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެެރިވުމުގެ ގޮތުން އެބޭފުޅާ ތަމްސީލްކުރާ ދަނގެތީ ދާއިރާގެ ސްކޫލް ދަރިވަރުންނާއި ރައްޔިތުން ހިމެނޭގޮތުން ބޭނުންކުރާ 14،000 ރީޔޫސެބަލް މާސްކް ހަދިޔާ ކުރައްވާފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނާޒިމް ވަނީ ކޮވިޑް-19 އާއި ގުޅިގެން މީގެ ކުރިންވެސް އެބޭފުޅާގެ ހިއްސާ އޮންނަ ވިޔަފާރިތައް މެދުވެރިކޮށް ވަރަށް ގިނަ ސާމާނުތައް ހަދިޔާކުރައްވާފައެވެ.

Advertisement

ކޮމެންޓް