Advertisement

ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ އެތެރޭގެ އިންތިޚާބު އަންނަ މަހުގެ 16ވަނަ ދުވަހު ބާއްވަނީ

02 Sep 2020 | 15:36

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ އެތެރޭގެ އިންތިޚާބު އަންނަ އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި އިންތިޚާބުގައި ރަށްރަށުގެ ސްޓިއަރިންގ ކޮމެޓީތައް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ސްޓިއަރިންގ ކޮމެޓީއަށް ހޮވާ މެންބަރުންގެ އަދަދު ކަނޑައަޅާނީ ރަށްރަށުގެ އާބާދީއަށް ބަލާފައިކަމަށް އިދިކޮޅު ކޯލިޝަނުން މައުލޫމާތުދެއެވެ.

އެގޮތުން ކޮންމެ ރަށެއްގެ ސްޓިއަރިންގ ކޮމެޓީގައި ފަސް މެންބަރުންނާއި އެގާރަ މެންބަރުންނާއި ދެމެދުގެ އަދަދަކަށް ތިބޭނެއެވެ.

މި ސްޓިއަރިންގ ކޮމެޓީ އިންތިޚާބުކުރުމަށްފަހު، މެންބަރުންގެ ތެރެއިން ސްޓިއަރިންގ ކޮމެޓީގެ ރައީސް ހޮވާނެއެވެ. މި ވޯޓުގައި އާންމު މެންބަރުން ވޯޓުލެވޭނެއެވެ. ޕީޕީއެމް އަދި ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ ސްލޮޓްތަކެއް ކަނޑައެޅުމަށްވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް