09 Sep 2020 | 18:03
އައްޔު އަދި ޝާދިންގެ ކަވަރ މެޝްއަޕް އެއްލައްކައަށްވުރެ ގިނަފަހަރު މީހުން އަހައިފި

ކުރިއަރަމުން އަންނަ ދެ ޒުވާން މިއުޒިކީ ފަންނާނުންކަމަށްވާ އަލީ އިނާން ސައީދު (އައްޔު) އަދި އަހުމަދު ޝާދިންގެ ކަވަރ މެޝްއަޕް، ސައުންޑްކްލައުޑުން އެއްލައްކައަށްވުރެ ގިނަ ފަހަރު މީހުން އަހައިފިއެވެ.

ދިވެހި ލަވަތަކުގެ ކަވަރތަކެއްގެ މި މެޝްއަޕްގައި އައްޔު އަދި ޝާދިންގެ އަޑުން ދިވެހި މަޝްހޫރު ލަވަތަކެއް އިވިގެންދެއެވެ. ސައުންޑްކްލައުޑްގައި ޝާއިއުކޮށްފައިވާ މި މެޝްއަޕްގެ ކޮމްޕޯސިންގ، މިކްސިންގ އަދި މާސްޓަރިންގ ހަދާފައިވަނީ ހަސަން ޒާހިރު (ތުއްތު)އެވެ.

މި މެޝްއަޕްއަށް އެއް ލައްކަައަށްވުރެ ގިނަ ޕްލޭ ލިބުމާއި ގުޅިގެން އައްޔު އަދި ޝާދިން ވަނީ މި މެޝްއަޕް އަޑުއަހައި ކަމުދިޔަ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ ގިނަ ލަވަތަކެއް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. ޝާދިން އަދި އައްޔުވެސް ވަނީ މި ދާއިރާގައި ކުރިއެރުމަށް އާއިލާއާއި ރަހުމަތްތެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރުވެރިވާކަމަށް ބުނެފައެވެ.

ޝާދިންއަކީ 1438 ބޭންޑްގައި ވޯކަލިސްޓެއްގެ ގޮތުން ހަރަކާތްތެރިވަމުންދާ ފަރާތެކެވެ. އަދި މިއީ އޭނާ އާންމުކޮށް ނެރުނު ފުރަތަމަ ލަވަކަންވެސް ފާހަގަކޮށްލެވެއެވެ.

މޯލްޑިވިއަން އައިޑޮލްގެ ތެރެއިން އާންމުންނަށް ފުރަތަމަ ފެނިގެންދިޔަ އައްޔު ވަނީ މީގެ ކުރިންވެސް އާންމުންގެ މެދުގައި މަގުބޫލުވި ކަވަރ ލަވަތަކެއް ނެރެފައެވެ. 

ލަވައިގެ ލިންކް:

https://soundcloud.com/aliinaansaeedh/ayyu-ft-shaadhin-official-cover-mashup?ref=clipboard

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ