ކޮވިޑް-19ގެ ބަލިމީހަކު ނިޔާވެއްޖެ

09 Sep 2020 | 22:28

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި އެނދުމަތިކޮށްފައި އޮތް ކޮވިޑް-19ގެ ބަލިމީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މައުލޫމާތުދޭ ގޮތުގައި މިއަދު އިރުއޮއްސި 06:24 ހާއިރު ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހެކެވެ.

މިއީ ދިވެހިރާއްޖޭގެ 30ވަނަ ކޮވިޑް މަރުގެ ގޮތުގައި ވަނީ ކަނޑަައަޅާފައެވެ.

Advertisement

ކޮމެންޓް

Advertisement