11 Sep 2020 | 18:36
ދަރިވަރުން ގޭގައި، އޯކޭއެއް ނޫން

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ދުނިޔެއިން އެއް އަޒުމެއްގައި ދަނީ ކޮވިޑް-19ގެ ނުރައްކާތެރި ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. މި ބަލިމަޑުކަމުގެ ނުރައްކާ މިންވަރަކީ، އޭގެ ވޭނީ ހިތި އަސަރު ކުރަނީ ހަމައެކަނި ބަލި ޖެހޭ މީހުންނާއި އޭނާ ދެކެ ލޯބިވާ ފަރާތްތަކަށް އެކަނި ނޫންކަމެވެ. ބަލީގެ ސަބަބުން ގޭތެރޭގައި އަމިއްލައަށް ބަންދުވެ، އާންމު ދިރިއުޅުމާއި އޭގެ އުފާތަކުން މަހުރޫމްވެފައި ތިބުމަކީ ވެސް ކެތްކުރަން ފަސޭހަ ކަމެއް ނޫނެވެ.

އެޕްރީލް 15ގައި މާލެއިން މި ބައްޔަށް ޕޮޒިޓިވް މީހަކު ފެނުނުކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިއުލާންކުރުމާ އެކު ގިނަ ބައެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ޒަރޫރީ ބޭނުންތަކަށް ފިޔަވައި ބޭރަށް ނުކުމެ އުޅުން މަނާވެ، ގޭގެ ހަތަރު ފާރަކީ ތިމާގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ހަދަން ޖެހުނެވެ. މި ބަދަލުތައް ތަޖުރިބާކުރަން ވަކި އުމުރެއް ނުވަތަ ވަކި ޖިންސެއް ނެތެވެ. އޭގެ ތެރެއިން ވެސް ކިޔަވާ ކުދިންނަށް ދިމާވީ ބޮޑު ދައްޗަކާއި ހިތްދަތިކަމެކެވެ.

މާލޭ ސިޓީގެ ސްކޫލްތަކުގައި ތައުލީމް ހާސިލްކުރަމުންދިޔަ ދަރިވަރުން މިޑް ޓާމް ޗުއްޓީގެ އުފަލުގައި ތިއްބާ މުޅި މާލެ ލޮކްޑައުންވެ، އޭގެ ފަހުން ކިޔެވުމުގެ ހުރިހާ ކަމަކަށް މި އޮތީ ހުރަސް އެޅިފަ އެވެ.

ނަމަވެސް އުނގެނުމުގެ ހައްގުން އެކުދިން މަހުރޫމްވިޔަ ނުދޭން އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްތަކާއި ޓީޗަރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ލޮކްޑައުންގެ ވަރަށް ކުރިން ފެށިގެން ޓެލެކްލާސް އާއި އޮންލައިން ކްލާސްތަކުން ވީ މިންވަރަކުން ދަރިވަރުންނަށް ފިލާވަޅު ނަގައިދެ އެވެ. ނަމަވެސް ސްކޫލަށް ގޮސް ކިޔަވުމާއި ދަރިވަރުންގެ އިޖުތިމާއީ ގުޅުމަށް ބަލާއިރު އެއީ، ދަރިވަރުންނާއި ޓީޗަރުންނަށް ވެސް ހުރަހެކެވެ. އަދި އޮންލައިންކޮށް ކިޔެވުމަކީ ހަރަދު ވެސް ބޮޑު ކަމެކެވެ.

މާލޭ ސިޓީގެ ޕްރައިމަރީ ސްކޫލެއްގެ ޓީޗަރަކު ބުނީ އޮންލައިން ކްލާސްތަކަށް އިންޓަރނެޓް ބޭނުންވާ އިރު މާލީ ގޮތުން ފުދުންތެރި ނޫން ދަރިވަރުންނަށް ވަރަށް ގިނަ ފަހަރު ފިލާވަޅުތައް ގެއްލެ އެވެ. ސަރުކާރުގެ ފަރާތުން ކޮންމެވެސް މިންވަރަކަށް ޑޭޓާ ފޯރުކޮށްދިން ނަމަވެސް، އެއީ ދާ ވަގުތަށް ބަލައިރު އެންމެ އެކަށޭނަ މިންވަރަކަށް ނުވެއެވެ.

ސްކޫލަކީ ދަރިވަރުންގެ ދެވަނަ ގެއެވެ. އެހެން ދަރިވަރުންނާއި މުދައްރިސުންނަކީ ދެވަނަ އާއިލާއެވެ. ދަރިވަރުންނާއި ސްކޫލްތަކާ ގުޅިފައިވަނީ މިފަދަ ގޮތަކަށެވެ. ޓީޗަރަކު ފާހަގަކުރި ގޮތުގައި ދަރިވަރުންނަށް ގޭތެރޭގެ މާހައުލުން ދިމާވާ ހިތްނުތަނަވަސްވާ ފަދަ ކަންކަމާއި އަނިޔާތަކުގެ ވާހަކަ ކިޔައިދީ އެހީއަށް އެދެން އޮންނަ އެއް މާހައުލަކީ ސްކޫލެވެ. ނަމަވެސް މިއަދު އެކުދިން ގޭބަންދުގައި ތިބޭއިރު ސިއްރުން އެވާހަކަތައް ހިއްސާ ކުރެވޭނެ ފަދަ ގޮތެއް ނެތެވެ. ލޯބިވާ ޓީޗަރުންނާއި ގާތް ރަހުމަތްތެރިންނާ ދިމާނުވެ ގިނަ ދުވަސްތަކެއް ވުމުން އެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ދަރިވަރުން ތިބީ ކްލާސްތަކަށް އަނބުރާ ގޮސް، ޓީޗަރުންނާއި ރަހުމަތްތެރިންނާ ބައްދަލުވެވޭނެ ދުވަހެއްގެ ފޮނި އިންތިޒާރުގައެވެ.

ލޮކްޑައުންގެ ސަބަބުން ގޭތެރޭގައި ތިބެގެން ކިޔަވައިދޭން ޓީޗަރުންނަށް ވެސް ފަސޭހައެއް ނޫނެވެ. އެހެނީ، ބައެއް މާއްދާތައް ނުވަތަ މައުޟޫއުތަކުގައި “ޕްރެކްޓިކަލް” ބައިތައް ހިމެނިގެން ނޫނީ އެންމެ ފުރިހަމައަށް އުނގަންނައެއް ނުދެވެ އެވެ. މިފަދަ މާއްދާތައް ނުވަތަ މައުޟޫއުތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ނަތީޖާއަކަށް ވެގެންދަނީ، ގިނަ ދަރިވަރުންތަކަކަށް އެންމެ ފުރިހަމަ ސިފައެއްގައި ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ގެއްލުމެވެ. ވަކިން ޚާއްސަކޮށް، ޓީޗަރުންގެ ފަރާތުން ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ދަރިވަރުންނަށް އޮންލައިން ކްލާސްތަކަށް ވުރެ ރަނގަޅުވެފައިވަނީ ސްކޫލަށް ގޮސް ގާތުން ތައުލީމް ހާސިލްކުރުމެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ކުރަމުން މިދާ ހަނގުރާމަ ވަރުގަދަކުރަން ޖެހިފައި މިވަނީ މިފަދަ އެތައް ސަބަބަކާ ހެދިއެވެ. ތިމާގެ އަމަލު ހުންނަ ގޮތުން ބަލީގެ ހާލަތު ގޯސްވެގެން ހިނގައިދާނެއެވެ. ނަތީޖާއަކީ ދަރިވަރުންގެ ތައުލީމް ހާސިލްކުރުމުގެ ހައްގުން މަހުރޫމްވުމެވެ. މިއަދު ދަރިވަރުންނާއި ޓީޗަރުން އާދޭހާ އެކު ހިތުގެ ފުންމިނުން ބޭނުންވަނީ މި ހާލަތުން އަރައިގަނެ އަލުން ސްކޫލްތަކަށް ގޮސް ފުރިހަމަ ތައުލީމެއް ހޯދާށެވެ. މިގޮތަށް ދަރިވަރުންނަށް ސްކޫލަށް ނުދެވި ގޭގައި ބަންދުވެގެން ތިބުމަކީ، އެއްގޮތަކަށް ވެސް "އޯކޭ ކަމެއް" ނޫނެވެ.

އެޑިޓަރުގެ ނޯޓް: މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.