15 Sep 2020 | 22:52
"މިއަދު ފެނިގެން މިދިޔައީ ފަނޑިޔާރުންގެ މައްޗަށް އެމް.ޑީ.އެންގެ އެޖެންޑާގެ ދަށުން އެޅިގެން ދިޔަ ފިޔަވަޅެއް"

އިސްލާމްދީނާއި މާތް ރަސޫލާ صلى الله عليه وسلم ގެ ދިފާޢުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އެމް.ޑީ.އެން ޖަމާޢަތާ ދެކޮޅަށް ތެދުވެވަޑައިގެންނެވި ރ. ހުޅުދުއްފާރު ކޯޓްގެ އިސް މެޖިސްޓްރޭޓް ޢަލީ މުސްޠަފާއަށް އަދަބު ދިނުމުން އޭނާގެ ދިފާޢުގައި ރަށްޔިތުންގެ އިއްތިހާދުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ އިއްތިހާދުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެ އިއްތިހާދުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

"މިއަދު ފެނިގެން މިދިޔައީ ރާއްޖޭގެ ފަނޑިޔާރުންގެ މައްޗަށް އެމް.ޑީ.އެންގެ އެޖެންޑާގެ ދަށުން އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށާއި އަދި އެމް.ޑީ.އެން ނަމެއްގައި އުވާލެވުނެއް ކަމަކު އޭގައި ޙަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ޝަރުޢީ އަދި ޤާނޫނީ ފިޔަވަޅު އެޅުން ލަސްވަމުންދާ ދިއުމުގެ ސަބަބުން ނިކުތް ޢުދުވާނީ ނުފޫޒެއް ކަމުގައި ބުއްދިއެއް ހުރި ކޮންމެ މުސްލިމަކަށް ހާމަވެގެންދިޔަ މަންޒަރެ" ރައްޔިތުންގެ އިއްތިހާދުގެ ބަޔާނުގައިވެއެވެ.

"މީގެ ބޭނުމަކީ ލާދީނީ އެމް.ޑީ.އެން ޖަމާޢަތާ ދެކޮޅަށް ހިންގޭ ޝަރުޢީ އަދި ޤާނޫނީ އެކިއެކި މަސައްކަތްތައް ހުއްޓުވައި ސިޔާސީ މަދު ފަރުދުންތަކެއްގެ ބާރުގައި ޖޭ.އެސް.ސީ މެދުވެރިކޮށް ފަނޑިޔާރުންގެ މައްޗަށް ހިންގާފައިވާ ޖަރީމާއެއްކަމަށް އަޅުގަނޑުމެން ސިފަކުރަމެވެ. އެހެން މިދަންނަވަން ޖެހުނީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމަށްވެފައި، އިސްލާމްދީނަށާއި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރުމަކީ ދީނީގޮތުންނާއި ޤާނޫނީ ގޮތުން މަނާ ކަމެއްކަމަށްވާއިރު، ޤާނޫނު ނެގެހެއްޓުމަށް ބާރުއަޅައި އިސްލާމްދީނާއި މާތް ރަސޫލާ صلى الله عليه وسلم ގެ ދިފާޢުގައި އަމާންކަމާއި ސުލްޙަވެރިކަމާއެކު ތެދުވި މީހާއަށް އަދަބު ދީފައި، ޖަރީމާ ހިންގިތާ އަހަރުވެގެން ދިޔައިރުވެސް އެޖަރީމާ ހިންގި މުޖުރިމުންނާ މެދު ހަމަ އެއްވެސް ފިޔަވަޅެއް ނާޅައި، މިނިވަންކަންމަތީ ދޫކޮށްލާފައި ތިބީތީއެވެ" އިތުރަށް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

މިރޭ ރައްޔިތުންގެ އިއްތިހާދުން ނެރެފައިވާ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާގޮތުގައި އެމް.ޑީ.އެން ގެ ނުފޫޒު ގަދަކުރުމަށްޓަކައި އިސްލާމް ދީނުގެ ޙައްދު ގާއިމު ކުރަން ޒަމާނުއްސުރެ ޙުކުމް ކުރަން ހަމަޖެހިފައިވާ ކުރިމިނަލް ކޯޓުގެ ޤާޟީއަކަށް އެޖަމްޢިއްޔާއާ ގާތް ގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރެވޭ އަންހެނަކު އައްޔަން ކުރުމާއި ދިވެހިރާއްޖޭގެ އެންމެ ފަހުބަސް ބުނާ ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އެޖަމްޢިއްޔާގެ ފައުންޑާ މެމްބަރެއްކަމަށް ތުހުމަތު ކުރެވޭ އަންހެނަކު އައްޔަން ކުރުމުން މިކަންތައްތަށް ޝައްކެ ނެތް މިންވަރަށް ޔަގީންވާކަން ބަޔާންކޮށްފައިވެއެވެ.

"މިކަމުން ޖޭ.އެސް.ސީ އަށް ލާދީނީ ސީޔާސީ ނުފޫޒު ފޯރުވުމަށްޓަކައި ހިންގެމުންދާ ނުރައްކާތެރި އެޖެންޑާގެ ޙައްސާސްކަމުގެ މިންވަރުގެ ބޮޑުކަން ހާމަވެއެވެ. އަދި އެމް.ޑީ.އެން ހިންގި ޖަރީމާގެ މައްސަލަ ޝަރުޢީ މަރުޙަލާއަށް ހުށައެޅޭ ހިނދު ޤާނޫނާ އެއްގޮތް ޢަދުލުވެރި އިންސާފުވެރި ޙުކުމެއް ކުރުމަށް އެއްވެސް ފުރުޞަތެއް ނުލިބޭނެކަމުގެ ބިރުވެރިކަން އިންތިހާއަށް ވެރިވެއްޖެ" ރައްޔިތުންގެ އިއްތިހާދުގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން މި އިއްތިހާދުން ވަނީ ޖޭއެސްސީގައި ތިބި އެމްޑީއެން އާ ގާތް މީހުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައްވަފައެވެ.

"އެހެންކަމުން، ރައްޔިތުންގެ އިއްތިޙާދުން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް މިގޮވާލަނީ ޤާނޫނު ހިންގުމުގެ ބަހަނާގައި ޖޭ.އެސް.ސީ މެދުވެރިކޮށް އެމް.ޑީ.އެން ޖަމާޢަތުގެ އެޖެންޑާ ތަންފީޛުކޮށް އޭގެ ޙިމާޔަތުގައި މިހިންގޭ މަކަރުވެރި ޙީލަތްތައް ހުއްޓުވުމަށްޓަކައި ޖޭ.އެސް.ސީ ގައި ތިބި އެމް.ޑީ.އެން އާ ގާތް މީހުން މިހާރުން މިހާރަށް ވަކިކޮށް އެ މުއައްސަސާ ޠޯހިރުކުރުމަށް" ރައްޔިތުންގެ އިއްތިހާދުން ގޮވާލާފައިވެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.