N/A
N/A
ހަބަރު 16 Sep 2020 | 12:08

ހިލޭއެހީގެ ގޮތުގައި ލިބުނު ތަކެތީގެ ސްޓޮކް ބެލެހެއްޓީ ފުރިހަމައަށްކަމަށް އޮޑިޓް ޓީމުން ބުނި: ހިސާން

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ހިލޭއެހީގެ ގޮތުގައި ލިބުނު ތަކެތީގެ ސްޓޮކް ބެލެހެއްޓީ ފުރިހަމައަށްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޓީމުން ބުނިކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވެއްޖެއެވެ.

ހިސާން މިފަދައިން ވިދާޅުވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ފަރާތުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެބޭފުޅާ ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި ލިބުނު ތަކެތި ރައްކާކޮށްފައިވަނީ އެންޑީއެމްއޭގެ ގުދަން، އެތަނުގެ ފަހަތުގެ ސަރަހައްދެއްގައި، ކަލާފާނު ސްކޫލްގެ ހޯލް، ގަލޮޅު މަދަރުސާގެ ހޯލް އަދި ދެ ކްލާސްރޫމާއި އަދި މާލޭ ކުޅިވަރު އެކުވެނީގެ ކްރިކެޓް ހޯލްގައިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ހިސާން ފާހަގަކުރެއްވި ގޮތުގައި ފުރަބަންދުގެ ހާލަތާއި އަދި އެހެން ހާލަތްތަކުގައިވެސް އެހީގެ ގޮތުގައި ލިބުނު ތަކެތި އެއާޕޯޓަށް ގޮސް ކްލިއަރކޮށްފައިވަނީ ކޮވިޑް-19 އޮޕަރޭޝަންގެ ލޮޖިސްޓިކް ސަޕޯރޓް ޓީމާއި އެކުގައި ކަމަށެވެ. އަދި މިތަކެތި ގުދަން ކުރަނީ ލިޔެކިޔުންތައް ހަމަވުމުން ކަމަށާއި، އެތަކެތި ބަހައްޓާފައިވާގޮތް އޮޑިޓްކުރަމުންދިޔަ ޓީމަށްވެސް ދައްކަވާފައިވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ހިސާން ވަނީ ހިލޭ އެހީގެ ގޮތުގައި ލިބުނުތަކެތި ތަފާތު އިދާރާތަކަށް ބަހަމުންދިޔަ އިރު، އެތަންތަނަށް ވަކިން ސިޓީ ފޮނުވައިގެން އެތަކެތި ލިބުނުތޯ ކަށަވަރުކޮށްފައިވާނެ ކަމަށެވެ. މިކަމުގެ ތަފްސީލްތައްވެސް އޮޑިޓަރ ޖެނެރަލްގެ އޮފިހާއި ހިއްސާކޮށްފައިވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ އޮޑިޓް ޓީމާއެކުގައި ބޭއްވި އެގްޒިޓް ބައްދަލުވުމުގައި އެޓީމުންވެސް ހިލޭ އެހީގެ ގޮތުގައި ލިބުނު ތަކެތީގެ ޑޮކިއުމެންޓޭޝަން ވަރަށް ފުރިހަމައަށް ބަލަހައްޓާފައިވާކަމަށް ވިދާޅުވިކަމަށެވެ. އަދި އެތަކެތި ގުދަނަށް ވެއްދުމަށްފަހު ފޮށިތަކުގެ ބޭރުގައި ނަންބަރު ޖަހައި، ފޮށިތައް ކަނޑައިގެން އެތެރޭގައިވާ ތަކެތީގެ އަދަދު ގުނައިވެސް ހެދިކަމަށެވެ. މިކަންވެސް އޮޑިޓް އޮފީހަށް އަންގާފައިވާނެކަމަށް ހިސާން ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގަވާއިދާ ޚިލާފުވާ އުޅަނދުތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅަން ފަށަނީ؛ ފޯނު ނަންބަރު ސިމްސް ޕޯޓަލުން އަޕްޑޭޓްކުރަން އެދިއްޖެ
15 Oct 2026 ހަބަރު

ގަވާއިދާ ޚިލާފުވާ އުޅަނދުތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅަން ފަށަނީ؛ ފޯނު ނަންބަރު ސިމްސް ޕޯޓަލުން އަޕްޑޭޓްކުރަން އެދިއްޖެ

އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފިޔަވަޅު އެޅުމަށްޓަކައި، އުޅަނދުތަކުގެ ވެރިފަރާތްތަކުން މިހާރު ބޭނުންކުރާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ސިމްސް )ށީޟށ( ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓްކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އަންގައިފިއެވެ.

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު
15 Oct 2026 ހަބަރު

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު

ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ވަކި ބާވަތްތަކެއް ކަނޑައަޅައި، އެ ތަކެތި އިމްޕޯޓްކުރުމާ ނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ
15 Oct 2026 ހަބަރު

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށްފި
15 Oct 2026 ހަބަރު

އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން، އިބްރާޙިމް ނަޒީމް ވަކިކޮށްފިއެވެ. ޕީސީބީން ބުނީ އެ މަގާމުމް ނަޒީމް ވަކިކޮށް އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޑީސީޕީ )ރިޓަޔާޑް( އަޙުމަދު ސަޢުދީ ވަނީ އި އްޔެއިން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި
15 Oct 2026 ހަބަރު

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި

މާލޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަތް މައްސަލާގައި ހިމެނޭ ދިވެހި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.