ރައްޔިތުންގެ ކުންފުނި : ހިއްސާއަކަށް ދެރުފިޔާ

28 Sep 2020 | 13:01

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ 2019ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިއްސާއަކަށް ދެ ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.

ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ޖަލްސާގައި ވަނީ އެކުންފުނީގެ އަހަރީ ހިސާބުތައް ފާސްކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 53.3 މިލިޔަން ރުފިޔާއެވެ.

މިއީ 2018ވަނަ އަހަރުގައި ލިބުނު ސާފު ފައިދާއަށްވުރެ 55.5 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ޖަލްސާގައި އެކުންފުނީގެ އާ އެގްޒެކެޓިވް ބޯޑުވެސް ވަނީ އެކުލަވާލާފައެވެ. އެގޮތުން ސަރުކާރުގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް އައްޔަންކޮށްފައިވަނީ ޗެއާމަން މުހައްމަދު ފަހީމް، ސީއީއޯ އާދަމް އާޒިމް، އެގްޒެކެޓިވް ޑިރެކްޓަރު ޝާހިދު ހުސައިން މޫސާ، ސިނާން އަލީ އަދި އަލްއުސްތާޛު މުހައްމަދު ފަރީދެވެ. އާންމު ހިއްސާދާރުންގެ ތެރެއިން އެ ބޯޑަށް އިންތިޚާބުކޮށްފައިވަނީ ހެޕީނައިޓް/ގއ. ވިލިނގިލި، ނަސްރަތު މުހައްމަދެވެ.

44 ހިއްސާދާރުން ބައިވެރިވި މި ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓް" ޕްލެޓްފޯމްގެ އެހީގައެވެ. 

Advertisement

ކޮމެންޓް

Advertisement