ކޮވިޑް-19 އަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 69 މީހުން

14 Oct 2020 | 22:38

ދިވެހިރާއްޖެއިން އިތުރު 69 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 69 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި 40 ބިދޭސީންނެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،062 އަށް އަރާފައެވެ.މީގެ ތެރެއިން 367 މީހަކަށް އައިސޮލޭޝަންގައި ފަރުވާދެމުން އަންނައިރު 61 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު 9،880 ވަނީ އަރާފައެވެ.

މިބަލީގައި ރާއްޖެއިން މިހާތަނަށް 35 މީހުން ވަނީ ނިޔާވެފައެވެ.

Advertisement

ކޮމެންޓް