17 Oct 2020 | 11:54
ނަމުން ޒީރޯ ޓޮލަރެންސް، ކަމުން މުސާރަ ހިނގާ ޗުއްޓީއެއް!

ކޮންމެ ޕާޓީއެއްވެސް ނުވަތަ ސިޔާސީ ފިކުރަކުންވެސް ވެރިކަމަށް އަންނަންވުމުން، ވޯޓުލާ މީހުންނަށް އެންމެ ބޮޑަށް "ވިއްކާ" އެއްޗަކީ އިދިކޮޅުގައި އޮންނަ ބައެއްގެ ފިތުނައާއި ފަސާދަ އިންތިހާ ދަރަޖައަށް ބޮޑުކަމެވެ. ވަކިން ޚާއްސަކޮށް އެބަޔަކީ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް އިންތިހާ ދަރަޖައަކަށް ހިންގާ ބައެއްކަމަށް ބުނާނެއެވެ. މިއީ ހަމައެކަނި ދިވެހިރާއްޖޭގައި މިކަން ހިނގާ ގޮތެއް ނޫނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ކަންތައްތައް ވެފައިވާ އަދި ވަމުންދާ ގޮތަކީވެސް މިއީއެވެ.

ވޯޓު ހޯދުމަށް ސިޔާސީވެރިން ނުފުއްދޭނެހާ ނަދުރު ބުނެ، އުޑުން ތަރިތައް ބާލައިދޭ ފަދަ ވައުދުތައްވުމަކީ އާ ކަމެއް ނޫނެވެ. އެތަކެއް އަހަރެއް ވާންދެން ދިވެހިން އެކަން ދެކެފިއެވެ. މިފަދައިން ވާ ވައުދެއް ފުއްދުމާއި ހިސާބަށް ދާއިރު، ފުރިހަމަ ނަތީޖާއެއް ފެންނަނީ ލައްކަ މަދު ފަހަރެއްގައެވެ.

މިހާރު ވެެރިކަމުގައި އޮތް ސަރުކާރުގެ ފަރާތްތަކާއި ޚުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްވެސް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު އެންމެ ބޮޑަށް ދެއްކެވީ އޭރުގެ ސަރުކާރުގައި ހިނގަމުންދިޔަ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކުގެ ވާހަކައެވެ. އެއީވެސް ތެދެކެވެ. ދުވާލުގެ ވަގުތުތަކުގައި އިރުގެ އަލިކަން ފެންނަ ފަދައިން އެ ސަރުކާރުގައި ހިނގަމުންދިޔަ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ރައްޔިތުންނަށް ދިޔައީ އެނގި ހާމަވަމުންނެވެ. ނަތީޖާއެއްގެ ގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކުން ކެމްޕެއިން ދުވަސްވަރު އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ އެފަރާތްތަކުގެ ސަރުކާރުގައި ކޮރަޕްޝަނާއި ވައްކަމަށް ވަރިހަމަވެގެން ނުތިބެވޭނެކަމަށެވެ.

އެކަން ބަލައިގަނެ ވޯޓުދިން އެތައް ބަޔެއްގެ ތާއިދާއި އެކު 2018ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އިއުލާންކުރެއްވި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" އެވެ.

އެހެން ނަމަވެސް، އެއްވެސް ސަރުކާރެއްގައި ކޮރަޕްޝަންގެ ކުޑަވެސް އަމަލެއް ނުހިނގާނެއެކޭ ބުނުން ވެގެންދާނީ ކުށަކަށެވެ. މަޑުމަޑުން ރައީސް ޞާލިހްގެ ސަރުކާރުގެ ސަރުކާރުގެ ފަރާތްތައް ހިމެނޭ ކޮރަޕްޝަންގެ މައްސަލަތައްވެސް ދިޔައީ ފެންމަތިވަމުންނެވެ. އެގޮތުން ވެެރިކަމަށް އައުމަށްޓަކައި އެކަމެއްގެ ވާހަކަ އެންމެ ގަދަޔަށް ދެކެވުނު އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތެރެއިންވެސް މި ސަރުކާރުގެ ފަރާތްތަކުގެ ނަންތައް ހިމެނުނެވެ. އެކަމާއި ގުޅިގެން އެފަދަ ފަރާތްތަކުގެ މައްސަލަތައް އެއްކޮށް ބަލާ ނިމެންދެން ގޭގައި މަޑުކުރުމަށް އެންގުނެވެ. ޒީރޯ ޓޮލަރެންސްގެ ސިޔާސަތު މަޑުމަޑުން ޒާތަކަށް ފެންނަމުން ދިޔައެވެ.

މިނިސްޓަރ އަމީނާއި ވެންޓިލޭޓަރުތަކުގެ ބޮޑު ޚިޔާނާތް:

ރައީސް ޞާލިހްގެ ސަރުކާރަށް މިހާތަނަށް ކުރިމަތިވެ ވަޑައިގެންނެވި އެންމެ ބޮޑު ޗެލެންޖަކަށް ވެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމެވެ. ގައުމުގެ އިގްތިސާދީ އިންޖީނުގެ ދުވެލި މަޑުޖެހި، އެކި ދާއިރާތަކުން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިއާއި އެކު ފަތުއަޑު ކިޔާފައި އިވެމުންެދިޔަ ވާހަކަތަކަކީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރަމުންދިޔަ ކަންތައްތަކުގައިވެސް ކޮރަޕްޝަންގެ އަމަލުތަކުގެ ކިލަނބުކަން ޖެހެމުންދިޔަ ވާހަކައެވެ. އެގޮތުން ވަކިން ޚާއްސަކޮށް ބިޑް ކުރުމަކާއި ނުލައި ހެލްތު މިނިސްޓްރީން ޔޫއޭއީގެ އެކްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏާއި 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި މައްސަލައިގެ އަޑުތައް ދިޔައީ ގަދަވަމުންނެވެ.

އޭރުވެސް ހެލްތު މިނިސްޓްރީން ބުނަމުންދިޔައީ ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރެވުނީ ޑަބްލިޔުއެޗްއޯއިން "ރިކޮމެންޑް" ކުރި ކުންފުންޏަކާއި ކަމަށެވެ. އެތަކެތި ލިބުން ލަސްވަނީ ޓެކްނިކަލް ކަންކަމުގެ ސަބަބުން ކަމަށެވެ. މިކަމުގެ ހަގީގަތް ހޯދަން އާންމުންނާއި ނޫސްވެރިން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން "ވޮއިސް"ގެ ފަރާތުންވެސް ޑަބްލިޔުއެޗްއޯގެ ރާއްޖޭގައި ހުންނަ ކަންޓްރީ އޮފީހަށް ރަސްމީ އީމެއިލެއްވެސް ފޮނުވީމެވެ. އެހެނަސް އަދިވެސް އެ އީމެއިލަށް ޖަވާބެއް ނުލިބެއެވެ.

ކަންމިހެން އޮއްވައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް ވެގެންދިޔައީ ގިނަބަޔަކު ސިއްސުވާލި ކަމަކަށެވެ. އެގޮތުން އޭގައި ބުނެފައިވާ ގޮތުގައި އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި އެގްޒެކިއުޓާސް ކުންފުންޏަކީ ޑަބްލިޔުއެޗްެއޯއާއި އެއްވެސް މުއާމަލާތެއް ކޮށްފައިނުވާ، އަދި ރެކޮމެންޑެޑް ސަޕްލަޔަރެއްވެސް ނޫނެވެ.

މިކަމުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ ވަރަށް ބޮޑު ބައިވެެރިވުމެއް އޮތްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެއާއި އެކު އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނާއި އޭސީސީއަށް ކިބައިން ހަވާލުކުރެވުނެވެ. މި މައްސަލަ ބަލައި ނިމެންދެން އަމިއްލަފުޅަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެ ވަޑައިގަތުމަށް މިނިސްޓަރ އަމީން ނިންމެވިއެވެ. އެހެނަސް، 17 އޮގަސްޓުން ފެށިގެން މިއަދާއި ހަމައަށްވެސް އެމަނިކުފާނު އެ ހުންނެވި މުސާރަ ލިބިލައްވާ ގޮތަކަށެވެ. މިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އޭސީސީގެ ތަހުގީގުން ގިނަ ތުހުމަތުތަކެއް، ދައުވާ އުފުލައިފި!

ކޮވިޑް-19ގެ ކަންކަމުގައި ބޭނުންކުރުމަށް ވެންޓިލޭޓަރުތައް ގެނައުމުގައި ހިނގައިދިޔަ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް އޭސީސީން ވަނީ އެ މައްސަލައިގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް މިދިޔަ ބުދަ ދުވަހުގައި ފޮނުވާފައެވެ. މިގޮތުން ޖުމްލަ 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވުނު އިރު، އޭގެ ތެރެއިން އެއް ފަރާތަކީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީނެވެ.

އެގޮތުން މި މައްސަލާގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މި މައްސަލަ މިހާ ހަމައަށް ދިޔައިރުވެސް އަމީން ހުންނެވީ މުސާރަ ލިބިވަޑައިގަންނަވާ ގޮތަށެވެ. ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ފަރާތަކަށް ރައްޔިތުންގެ ޖީބުން މިކުރެވެނީ ބޮޑު ޚަރަދެކެވެ. އަދިވެސް މިނިސްޓަރ އަމީން މަގާމުން ދުރުކުރުމުގެ އިޝާރާތެއް ސަރުކާރުން ކޮށްފައެއް ނުވެއެވެ. އެކަން ނުވަނީ ސަރުކާރުގައި މިނިސްޓަރުގެ ކޮން ނުފޫޒަކާއި ބާރެއް އޮވެގެންތޯ ހަމަ ހިލާ ނުވިސްނުނެވެ. މި ސަރުކާރުން ނަމުން ބުނީ ޒީރޯ ޓޮލަރެންސްއެވެ. ކަމުން އެކަމަކު ދިނީ މުސާރަ ހިނގާ ޗުއްޓީއެކެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ