ކޮވިޑް-19 ބަލީގައި 37 ވަނަ މީހަކު ނިޔާވެއްޖެ

18 Oct 2020 | 18:59

ކޮވިޑް-19 ބަލީގައި 37 ވަނަ މީހަކު ނިޔާވެއްޖެއެވެ.

އެޗް.ޕީ.އޭއިން މަޢުލޫމާތުދޭ ގޮތުގައި ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިފިރިހެން މީހާ ނިޔާވީ މިއަދު މެންދުރުފަހު 3:50 ހާއިރުގައެވެ.

 މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،178 އަށް އަރާފައެވެ.މީގެ ތެރެއިން 369 މީހުންނަށް އައިސޮލޭޝަންގައި ފަރުވާދެމުން އަންނައިރު 43 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު 10،097އަށް އަރާފައިވާއިރު މިހާތަނަށް މިބަލީގައި 31 ދިވެހިންނާއި 6 ބިދޭސީން ވަނީ ނިޔާވެފައެވެ.



Advertisement

ކޮމެންޓް