ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 25 މީހުން!

29 Oct 2020 | 23:01

ދިވެހިރާއްޖެއިން އިތުރު 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 25 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 9 ބިދޭސީންނެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 11،616 އަށް އަރާފައެވެ. މީގެ ތެރެއިން 269 މީހަކަށް އައިސޮލޭޝަންގައި ފަރުވާދެމުން އަންނައިރު 55 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު 10،733 ވަނީ އަރާފައެވެ

Advertisement

ކޮމެންޓް