02 Dec 2020 | 20:20
ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭ ގޮތަށް ހަމަޖައްސައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފެމިލީ ކޯޓުގައި އޮންލައިންކޮށް ކައިވެނި ކޮށްދިން ނަމަވެސް، މިހާރު އެކަން އާންމު ޙާލަތަށް ގެނެސް ކޯޓުގައި އާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ފެމިލީ ކޯޓުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް ގެ ބަލިމަޑުކަމުގެ ޙާލަތުގައި އެ ކޯޓުން އޮންލައިންކޮށް ކައިވެނި ކޮށްދިން ނަމަވެސް، މި ފެށުނު ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ކައިވެނި ކޮށްދިނުން ހުއްޓާލައި، ކޯޓުގައި އާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ކޯޓުން މި ބަދަލު ގެނެސްފައި ވަނީ، މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނޫނީ ކައިވެނި ނުކޮށްދޭން އެ ކޯޓުން ގެނައި ބަދަލު ނިމުމަކަށް އައިސްފައިވާކަން އިއުލާންކުުރަމުންނެެވެ.

ހަމައެއާއި އެކު، ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށް އެދިފައިވާ ފަރާތްތަކަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށް ކޯޓުން ވަނީ ހާމަކޮށްފައެވެ.ނަމަވެސް އެގޮތަށް ހުއްދަ ދެވޭނީ ކޯޓުން ކަނޑައަޅާ އުސޫލާއި އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިން އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ކޯޓުން ވަނީ ހާމަކޮށްފައެވެ.

އަދި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ މީހުން ނޫޅޭ ގްރައުންޑް ފްލޯގައި ހުންނަ އެޕާޓްމެންޓެއްގައި ކަަމަށެވެ. ގްރައުންޑް ފްލޯރ އަށްވުރެ މަތީ ފަންގިފިލާގައި މި އިސްލާހުތަކާއި އެކު ކައިވެނި ނުކުރެވޭނެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދޭނެ ފަށާފައިވަނީ މިދިޔަ މޭ މަހުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ޖަޕާނަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު، އެ ޤައުމުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން މިހާރު ވަނީ ކަނޑާލައިފައެވެ.
28 Jul 2026
ސްޕޯޓްސް ކޯޕަރޭޝަން އުވާލިއިރު، ގެއްލުން 43 މިލިއަން ރުފިޔާއަށްވުރެ މަތީގައި
ޕޯޓްސް ކޯޕަރޭޝަން އުވާލާފައިވަނީ އެކުންފުންޏަށް ލިބެމުންދިޔަ ގެއްލުންތަކާއެކު، ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ނެތުމުގެ ސަބަބުންނެވެ.
28 Jul 2026
އެސްބީއައިގެ ލޯނެއް ނުދައްކައިގެން ނ. މާވެލާވަރު ވިއްކާލަނީ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ ނ. މާވެލާވަރު، 111.6 މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލުމަށް އިޢުލާންކޮށްފިއެވެ.
28 Jul 2026
ފެނަކައިގެ އޮޑިޓް: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެން ފާސްކޮށްފި
ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންއަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާތީ، އެ މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
28 Jul 2026
އެކްސިޑެންޓް ވުމުން ފިލި ދޯނި 18 ދުވަސް ވީއިރުވެސް ނުފެނޭ
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލެ ކައިރީ ކަނޑުމަތީ ހިނގި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.