ސްޕޯޓްސް ކޯޕަރޭޝަން ހިންގި ތަން.. ފޮޓޯ: އަދަދު
ހަބަރު
28 Jul 2026 | 14:30
ސްޕޯޓްސް ކޯޕަރޭޝަން އުވާލިއިރު، ގެއްލުން 43 މިލިއަން ރުފިޔާއަށްވުރެ މަތީގައި

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލިއިރު އެތަނަށް ލިބުނު ގެއްލުން 43 މިލިއަން ރުފިޔާއަށްވުރެ ބޮޑުކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ދައުލަތުގެ އޮޑިޓަރު ނެރުއްވާފައިވާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑްގެ މާލީބަޔާނުގެ އޮޑިޓްގައި ބުނެފައިވަނީ، 2024 ވަނަ އަހަރު ނިމުނުއިރު، 43.4 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓަށް ބަލާއިރު، މާލީ އެ އަހަރުގެ ނިޔަލަށް ކުންފުނީގެ އިކުއިޓީގެ ގޮތުގައި ހުރީ 783,606 ރުފިޔާއެވެ. ފަހުން ސަރުކާރަށް މާލީ ބުރަޔަކަށް ވެފައި އޮތް ސްޕޯޓްސް ކޯޕަރޭޝަން ހިންގަމުން ގެންގޮސްފައިވަނީ، ސަރުކާރުން ކުންފުނި ހިންގުމަށް މާލީ އެހީ ދޭނެކަމަށް ބަލައިގެންނެވެ. 

އޮޑިޓުން އެނގެން އޮތްގޮތުގައި އެކުންފުނީގެ އެންމެ ފަހު ދެ މާލީ އަހަރުވެސް ނިންމާލީ ގެއްލުމުގައެވެ. އެގޮތުން 2023 ވަނަ އަހަރު 4.9 މިލިއަން ރުފިޔާ ލިބުނުއިރު، ޖެހިގެން އައި އަހަރު 3.9 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ. 

ސްޕޯޓްސް ކޯޕަރޭޝަނަކީ، ރާއްޖޭގެ ކުޅިވަރުގެ ގާނޫނުގެ ދަށުން ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިނގާ ކުންފުންޏަކަށް ހެދުމަށް ރައީސް ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. ނަމަވެސް ކުޅިވަރު ޤާނޫނަށް ގެނައި އިސްލާހްތަކާއެކު މިދިޔަ އަހަރުގެ މެއިމަހު ސްޕޯޓްސް ކޯޕަރޭޝަން ވަނީ އުވިފައެވެ.

ސަރުކާރުގެ 100 އިންސައްތަހިއްސާ އޮންނަ ސްޕޯޓްސް ކޯޕަރޭޝަން އުވާލާފައިވަނީ އެކުންފުންޏަށް ލިބެމުންދިޔަ ގެއްލުންތަކާއެކު، ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ނެތުމުގެ ސަބަބުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.