އިންޑިޔާގެ އެއްވަނަ އެއާޕޯޓް-
ދުނިޔެ
28 Jul 2026 | 09:09
އިންޑިއާގެ އެންމެ ޚިދުމަތް ރަނގަޅު އެއާޕޯޓަކަށް ހޮވުނީ އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރާ އެއާޕޯޓެއް

އިންޑިއާގެ މަދްޔަޕްރަދޭޝްގެ ޚަޖުރާހޯގައި ހުންނަ އެއާޕޯޓަކީ މިވަގުތު އެއްވެސް ކޮމާޝަލް ފްލައިޓެއް ދަތުރުނުކުރާ އެއާޕޯޓެއް ނަމަވެސް، އެ ގައުމުގެ އެންމެ ހިދުމަތް ރަނގަޅު އެއާޕޯޓުގެ ލަގަބު އެ އެއާޕޯޓަށް ލިބިއްޖެއެވެ.

އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން އެންމެ ފަހުން ނެރުނު ކަސްޓަމާ ސެޓިސްފެކްޝަން އިންޑެކްސް (ސީއެސްއައި) ގައި މި އެއާޕޯޓް ވަނީ އެއްވަނަ ހޯދާފައެވެ.

ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.

އެއާޕޯޓުގެ ޑިރެކްޓަރު ސަންތޯޝް ސިންގް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖުލައި 1 އިން ފެށިގެން އެއްވެސް ފްލައިޓެއް މި އެއާޕޯޓުން އޮޕަރޭޓެއް ނުކުރާ ކަމަށެވެ. ނަމަވެސް، އަންނަ އޮކްޓޯބަރު މަހު އަލުން ދިއްލީ އަދި ވަރަނާސީގެ ދަތުރުތައް ފެށޭނެ ކަމަށް އޭނާ އުންމީދު ކުރައްވައެވެ. 1960 ގެ އަހަރުތަކުގެ ފަހުކޮޅު އިމާރާތްކޮށް ނިންމި މި އެއާޕޯޓުގައި ފުރަތަމަ ފްލައިޓެއް ޖެއްސީ 1978 ވަނަ އަހަރެވެ.

މި އެއާޕޯޓަށް އެއްވަނަ ލިބުނު ސާވޭއަކީ މިނިވަން އެޖެންސީތަކުން ކޮންމެ ހަ މަހަކުން އެއްފަހަރު ކުރިއަށްގެންދާ ސާވޭއެކެވެ. މި ސާވޭގައި ފަސިންޖަރުން ވަނީ 33 ދާއިރާއަކުން އެއާޕޯޓުގެ ހިދުމަތްތައް ވަޒަންކޮށްފައެވެ. މީގެ ތެރޭގައި އެއާޕޯޓުގެ ސާފުތާހިރުކަން، މުވައްޒަފުންގެ އަހުލާގު، ވައިފައިގެ ހިދުމަތް، ޕާކިން އަދި ކާބޯތަކެތީގެ ހިދުމަތް ހިމެނެއެވެ.

މި ނަތީޖާއާ ގުޅިގެން ބައެއް އާންމުން ސޯޝަލް މީޑިއާގައި ޖޯކު ޖެހި ނަމަވެސް، އެ ސަރަހައްދުގެ ބައެއް ރައްޔިތުން ތިބީ މި ޝަރަފާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވެފައެވެ. ޚަޖުރާހޯގެ ރައްޔިތެއް ކަމަށްވާ މަނީ ރާމް ބުނި ގޮތުގައި، އެއާޕޯޓުގެ ޓާމިނަލް ވަރަށް ރަނގަޅަށް ބަލަހައްޓާފައިވާ ކަމަށާއި، މުވައްޒަފުންގެ މުއާމަލާތްތައް ހުންނަނީ ވަރަށް ރަނގަޅު ފެންވަރެއްގައެވެ.

އޭވިއޭޝަން ދާއިރާގެ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، މަދުން ފްލައިޓް ޖައްސާ އެއާޕޯޓުތަކުގައި ފަސިންޖަރުންނަށް ދެވޭ ސަމާލުކަން އިތުރުވުމަކީ މިފަދަ މަތީ މާކްސްތަކެއް ލިބުމުގެ ސަބަބަކަށް ވެދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ