18 Dec 2020 | 15:55
ބަނގުރާ: ފައިދާ އެބަހުރި

ލިޔުނީ: އައްޝައިޚް މުހައްމަދު ޢާލިބް

ބައެއް ރީސާޗް ތަކުންނާއި ސައިންސްވެރިންގެ ބައެއް ހޯދުންތަކުން އެނގޭ ގޮތުގައި ރަލަކީ އޭގައި ބައެއް ފައިދާތައް ހުރި އެއްޗެކެވެ. މި ހޯދުންތަކުގެ ވާހަކަ އަޅުގަނޑުމެންނާއި ހަމައަށް އައުމުގެ 1400 އަހަރު ކުރީގައި މިކަމާއި ބެހޭގޮތުން ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(۞ یَسۡـَٔلُونَكَ عَنِ ٱلۡخَمۡرِ وَٱلۡمَیۡسِرِۖ قُلۡ فِیهِمَاۤ إِثۡمࣱ كَبِیرࣱ وَمَنَـٰفِعُ لِلنَّاسِ وَإِثۡمُهُمَاۤ أَكۡبَرُ مِن نَّفۡعِهِمَاۗ ...)

سورة البقرة 219

މާނައީ: "ރާއާއި ޖުވާކުޅުމާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށްވުރެ، އެ ދެކަމުގެ ފާފަވެރިކަން މާބޮޑެވެ."

ރަލަކީ އޭގައި ފައިދާތަކެއް ހުރި އެއްޗެއް ކަމުގައި ވީނަމަވެސް މީސްތަކުންނަށް އޭގެން ލިބޭ ފައިދާއަށްވުރެ އޭގެން ލިބޭ ގެއްލުން މާބޮޑެވެ. މިކަމުގައި ހުރި ގެއްލުން ބޮޑުވުމުގެ ސަބަބުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ބަނގުރާ އަދި ބަނގުރަލަށް ޤިޔާޞް ކުރެވޭ އެންމެހައި ތަކެތި ޙަރާމްކުރައްވާފައިވެއެވެ. މިކަމުގެ ޙުކުމް ވަރަށް ސާފުކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާންކުރައްވާފައިވެއެވެ.

(یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِنَّمَا ٱلۡخَمۡرُ وَٱلۡمَیۡسِرُ وَٱلۡأَنصَابُ وَٱلۡأَزۡلَـٰمُ رِجۡسࣱ مِّنۡ عَمَلِ ٱلشَّیۡطَـٰنِ فَٱجۡتَنِبُوهُ لَعَلَّكُمۡ تُفۡلِحُونَ)

سورة المائدة 90

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ."

އަދިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(إِنَّمَا یُرِیدُ ٱلشَّیۡطَـٰنُ أَن یُوقِعَ بَیۡنَكُمُ ٱلۡعَدَ ٰ⁠وَةَ وَٱلۡبَغۡضَاۤءَ فِی ٱلۡخَمۡرِ وَٱلۡمَیۡسِرِ وَیَصُدَّكُمۡ عَن ذِكۡرِ ٱللَّهِ وَعَنِ ٱلصَّلَوٰةِۖ فَهَلۡ أَنتُم مُّنتَهُونَ)

سورة المائدة 91

މާނައީ: "شيطان އާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)"

ބަނގުރަލަކީ މީސްތަކުންގެ މެދުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން ފެތުރުމުގެ ސަބަބެއް ކަމުގައި މި އާޔަތުން އަޅުގަނޑުމެންނަށް އެނގެއެވެ. އަދި ބަނގުރަލަށް ޤިޔާޞް ކުރެވޭ މަސްތުވާތަކެއްޗަކީ ވެސް މިފަދަ ކަންކަމަށް މަގުފަހިކުރުވާނެ ސަބަބުތަކެވެ.

އެހެންނަމަވެސް، މިއަދު ރަލާއި ނުލައި އުޅުމަކީ ވަރަށް ދަތި އުނދަގޫ ކަމެކޭ އަޅުގަނޑުމެންނަށް ހީވެދާނެއެވެ. އަޅުގަނޑުމެން ރާ ބޭނުންނުކުރި ކަމުގައި ވީނަމަވެސް އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ބަނގުރާ ވިއްކުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއްކަމަށް ޤަބޫލުކުރެވިދާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(ٱلشَّیۡطَـٰنُ یَعِدُكُمُ ٱلۡفَقۡرَ وَیَأۡمُرُكُم بِٱلۡفَحۡشَاۤءِۖ وَٱللَّهُ یَعِدُكُم مَّغۡفِرَةࣰ مِّنۡهُ وَفَضۡلࣰاۗ وَٱللَّهُ وَ ٰ⁠سِعٌ عَلِیمࣱ)

سورة البقرة 268

މާނައީ: "فقير ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް شيطان އާ ބިރުދައްކަތެވެ. އަދި، އެ شيطان އާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެތެވެ. اللَّه، ތިޔަބައިމީހުންނަށް وعد ކުރައްވަނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި، فضل ވަންތަ ކަމަށެވެ. اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

މިއާޔަތުން އެނގޭ ގޮތުގައި މިފަދަ ހީކުރެވުން ތަކަކީ ޝައިޠާނާ އަޅުގަނޑުމެންނަށް ދޭ ވަސްވާސްތަކެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެންގެވި ގޮތަށް އުޅުމުން ސަޙާބީ ބޭކަލުން ކުރިއަރައި ކާމިޔާބުވެގެން ދިޔައެވެ. ރާ ޙަރާމްކުރެވުނު އާޔަތް ބާއްވާލެއްވުމުން އެކީ އެކައްޗަކަށް ރަލާއި ދުރުވެގަތެވެ. ރަލާއި ދުރުވެގަތުމުން އިޤްތިޞާދަށް ވާނީ ކިހިނެއްތޯ ސުވާލުކުރުމަކާ ނުލައެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅަށް ބޯލެނބުމުގައި އަޅުގަނޑުމެން މިބޭކަލުންގެ ކިބައިން ނަމޫނާ ނަގަމާތޯއެވެ؟ އެހެނީ ހަމަކަށަވަރުން ﷲ ގެ ވަޢުދުފުޅަކީ ތެދުއެއްޗެކެވެ. އަދި ފާގަތިކަމާއި ކުރިއެރުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ނޫން އެހެން ފަރާތަކަށް ދެވޭނެ އެއްޗެއް ނޫނެވެ. އެކަލާނގެ އަމުރުފުޅަށް ކިޔަމަންވުމުން ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވަވާނެ ނިޢުމަތަށް އެދިގެން އެފަރާތަށް ބޯލަނބަންވީއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
21 Sep 2026
ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި 6 މީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.
21 Sep 2026
ޣައްޒާގައި ނުރައްކާތެރި އިމާރާތްތައް ތަޅައިލަން ފަށައިފި
އިސްރާއީލުގެ ހަމަލާތަކުގައި ބޮޑެތި ގެއްލުން ލިބި ވެއްޓުމުގެ ބިރު ހީވެފައިވާ 255 އިމާރާތެއް ތަޅައިލުމުގެ މަޝްރޫޢެއް ޣައްޒާގައި ފެށީ ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކާ ކުޑަކުރުމަށެވެ.
21 Sep 2026
ޓެކުސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން ޢާންމުކޮށްފި
ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ނުދައްކައި ހުރި 33 ފަރާތެއްގެ މަޢުލޫމާތު މީރާއިން ހާމަކޮށްފިއެވެ.
21 Sep 2026
އަތުލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
ޢަލީ ފަހުމީގެ ވާދައިގެ ތައްޓަށް ބާއްވާ އަތުލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވާއިރު، ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 8 ވަނަ ދުވަހެވެ.