މީރާ
ހަބަރު
21 Sep 2026 | 13:25
ޓެކުސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން ޢާންމުކޮށްފި

ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ނުދައްކައި ހުރި 33 ފަރާތެއްގެ މަޢުލޫމާތު މީރާއިން ހާމަކޮށްފިއެވެ.

މި ލިސްޓުގައި ކޮރަޕްޝަންގެ ކުށް ސާބިތުވެ 32 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމްވެސް ހިމެނެއެވެ.

އޭގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ އޭކޭޑީއޭ އިންޖިނިއާސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، ޗީބޯ ކެފޭގެ ކުންފުނި ކަމަށްވާ ޗީބޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ޑުބްލެކްސް ޕްރައިވެޓް ލިމިޓެޑާއި، މެދުފުށި އިންވެސްޓްމަންޓް ފަދަ ނަންތައް ވެސް އެ ލިސްޓުގައި ހިމެނެއެވެ.

ޓެކުސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ޢާންމުކުރުމާ ބެހޭ އުސޫލުގެ ދަށުން މީރާއިން ހާމަކުރި ލިސްޓުގައި ހިމެނެނީ ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައަޅައި އެންގުމާ އެއްގޮތަށް ފައިސާ ހަމަޖައްސައިފައިނުވާ ފަރާތްތައް ކަމަށް މީރާއިން ބުނެއެވެ.

އެ ފަރާތްތަކުގެ ނަން ޢާންމުކުރުމުގެ ކުރިން ފޯނު މެދުވެރިކޮށް ގުޅައި ޓެކުސް ނުދެއްކުމުން ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުތަކާއި އެޅޭނެ ފިޔަވަޅުތަކުގެ ތަފްސީލް ދީފައިވާނެ ކަމަށް މީރާއިން ބުނެއެވެ. އެއާ އެކު އެސްއެމްއެސް މެދުވެރިކޮށް ވެސް އެ ފަރާތްތަކަށް އެ ކަން އަންގައިފައިވާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ނުދައްކައި ހުރި ޓެކުހުގެ ފައިސާ ހޯދުމަށް މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ކަނޑައެޅިފައިވާ އެހެނިހެން ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް މީރާއިން ބުނެއެވެ.

ޓެކްސް ނުދައްކާ މީހުންގެ ލިސްޓް: https://www.mira.gov.mv/extended/NonCompliers?act=8

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
21 Sep 2026
ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި 6 މީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.
21 Sep 2026
ޣައްޒާގައި ނުރައްކާތެރި އިމާރާތްތައް ތަޅައިލަން ފަށައިފި
އިސްރާއީލުގެ ހަމަލާތަކުގައި ބޮޑެތި ގެއްލުން ލިބި ވެއްޓުމުގެ ބިރު ހީވެފައިވާ 255 އިމާރާތެއް ތަޅައިލުމުގެ މަޝްރޫޢެއް ޣައްޒާގައި ފެށީ ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކާ ކުޑަކުރުމަށެވެ.
21 Sep 2026
ޓެކުސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން ޢާންމުކޮށްފި
ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ނުދައްކައި ހުރި 33 ފަރާތެއްގެ މަޢުލޫމާތު މީރާއިން ހާމަކޮށްފިއެވެ.
21 Sep 2026
އަތުލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
ޢަލީ ފަހުމީގެ ވާދައިގެ ތައްޓަށް ބާއްވާ އަތުލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވާއިރު، ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 8 ވަނަ ދުވަހެވެ.
21 Sep 2026
މެޑަމް ސާޖިދާ ނިއޯކެއަރ ދާއިރާއަށް ތަމްރީނު ލިބޭ މީހުން ބިނާކުރަން ގޮވައިލައްވައިފި
ނިއޯކެއަރ ކޮންފަރެންސް ހުޅުއްވައިދެއްވައި ސާޖިދާ ވިދާޅުވީ ޒަމާނީ ވަސީލަތްތައް ހޯދުމާ އެއްވަރަށް ތަމްރީނު ލިބިފައިވާ ސިއްޙީ ޚިދުމަތްތެރިން ބިނާކުރުން ކޮންމެހެން ބޭނުންތެރި ކަމަށެވެ.
21 Sep 2026
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގަން ސޮއިކޮށްފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް ނިސްބަތްވާ މަޝްހޫރު ޑިވެލޮޕަރ، އީގަލް ހިލްސްއިން ދިވެހި ސަރުކާރާއެކު 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
21 Sep 2026
މަސްޖިދުލް ޙަރާމްގެ މުއައްޛިން، ޝައިޚް އިބްރާހީމް އަލްމަދަނީ އަވަހާރަވެއްޖެ
މައްކާގެ މަސްޖިދުލް ޙަރާމްގެ މަޝްހޫރު މުއައްޛިން، ޝައިޚް އިބްރާހީމް ބިން ޢާދިލް ޙަމްޒާ އަލްމަދަނީ އަވަހާރަވެއްޖެއެވެ. ޝައިޚް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.