ހަބަރު
17 Dec 2020 | 11:26
"ވޮއިސް"ގެ ދެވަނަ އަހަރީ ދުވަހުގެ އުފަލުގައި "ޕިއްޒާ ކިޗަން" އިން ހިލޭ ކޮފީއެއް!

"ވޮއިސް" ރަސްމީކޮށް ހިންގަން ފެށުނުތާ ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މިނޫހުގެ ޓީމްގެ ފަރާތުން ކިޔުންތެެރިންނަށް ޚާއްސަ ހަދިޔާއެއް ދިނުމަށް ނިންމައިފިއެވެ.

އެގޮތުން ވޮއިސްގެ ދެވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު މެންދުރުފަހު 14:00 އިން ފެށިގެން 15:00 އާ ހަމައަށް ހުޅުމާލޭގައި ހުންނަ ޕިއްޒާ ކިޗަނުން ހިލޭ ކޮފީ ލިބިވަޑައިގަންނަވާނެއެވެ. ޕިއްޒާ ކިޗަން ހުންނާނީ ހުޅުމާލޭގެ ހިތިގަސް މަގުގެ 6ވަނަ ގޯޅީގައެވެ.

މިފަދައިން ކިޔުންތެެރިންނަށް ޚާއްސަ ހަދިޔާއެއް ދޭން ވޮއިސްގެ ޓީމުން ނިންމީ ފާއިތުވެދިޔަ ދެ އަހަރުގައި މި ނޫހުން ކަޑައްތުކުރި އެކި މަރުހަލާތަކުގައި ކިޔުންތެރިންގެ ފަރާތުން ދީފައިވާ އެއްބާރުލުމަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ.

މި ފާއިތުވެގެންދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވޮއިސްއިން އެންމެ ބޮޑަށް އަމާޒުކޮށްފައިވާނީ ރާއްޖެއާ ދުނިޔޭގެ މުހިންމު ކަންކަމުގެ ޚަބަރުތައް ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަމާ އެކު ގެނެސްދީ، އަޑުނެތް ފަރާތްތަކުގެ އަޑަކަށް ވެގެންދިއުމަށެވެ. މި އަމާޒުގައި މި ކުޑަ ޓީމުން ކުރަމުންދާ މަސައްކަތަށް ކިޔުންތެރިންނާއި އެހެނިހެން ހެޔޮއެދޭ ފަރާތްތަކުން ދެމުންގެންދާ އެއްބާރުލުމަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. 

މިއަދު ވޮއިސްއަކީ ތިންބަހަކުން ދިވެހިރާއްޖޭގެ ޚަބަރުތައް ގެނެސްދޭ ހަމައެކަނި ނޫސްކަން އުފަލާ އެކު ފާހަގަކުރަމެވެ. އެގޮތުން ޚަބަރާއި މައުލޫމާތު ލިބުމުން އެއްވެސް ފަރާތެއް ބާކީނުކުރުމުގެ ވިސްނުމުގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ބަންގްލަދޭޝްގެ ފަރާތްތަކަށް އަމާޒުކޮށްގެން މިއަހަރުގެ ތެރޭގައި ވާނީ ވޮއިސް ބެންގާލީ އެޑިޝަން ލޯންޗްކޮށްފައެވެ.

މީގެ އިތުރުން ދިވެހި އަދި އިނގިރޭސިބަހުންވެސް ވޮއިސްގެ ޚަބަރުތައް ކިޔާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ. އަދި ރ.އަތޮޅުގެ ޚަބަރުތަކަށް ޚާއްސަކޮށްގެން "ވޮއިސް އޮފް ރ"ގެ ނަމުގައި ޚާއްސަ އެޑިޝަނެއް އުފައްދައި، މި ނޫހުން ދަނީ ހިންގަމުންނެވެ.

ވޮއިސްއަށް ދެ އަހަރު ފުރި ތިންވަނަ އަހަރެއް ފެށިފައިވާއިރު، މި ނޫހުން ކިޔުންތެެރިންނަށް ޔަގީންކަން ދޭ ކަމަކީ ފެންވަރު ރަނގަޅު އަދި ތާޒާ ޚަބަރުތައް އާންމުންނަށް ފޯރުކޮށްދޭނެކަމެވެ. ވަކި ފަރާތަކަށް ނުޖެހި، ހުރިހާ ފަރާތްތަކެއްގެ އަޑަކަށް ވޮއިސް ވެގެންދާނެކަމެވެ. މިނިވަން ނޫސްވެރިކަން ދިރުވައި، ފެންވަރު ރަނގަޅު ކޮންޓެންޓް ގެނެސްދޭނެކަމެވެ.

އަޅުގަނޑުމެންގެ މި ފޮނި ދަތުރުގައި މިހާތަނަށް ބައިވެރިވެލެެއްވީތީ އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަމެވެ. ދަތުރުގެ ބާކީއޮތް ބައިގައިވެސް ބައިވެރިވެ ވަޑައިގަތުމަށް ދައުވަތު އަރުވަމެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.